ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ކޯވިޑް ބަލީގައި އިތުރު ދިވެއްސަކު ރޭގައި ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ރޭ 11:38 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައިވާކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 156 ވަނަ މީހާއެވެ.



ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 140 ދިވެހިންނާ 16 ބިދޭސީންނެވެ. މިހިނގާ މެއި މަހަކީ، ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިފަހުން އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މިމަހުގެ މިހާތަނަށް 82 މީހުން ވަނީ ނިޔާވެފައެވެ. މިއަހަރު މިހާތަނަށް ރާއްޖެއިން ވަނީ 119 މީހުން ނިޔާވެފައެވެ. އަނެއްކޮޅުން މިމަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން