ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އަތޮޅުތަކުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާކޮށް، ކޯޑިނޭޝަން އިތުރަށް ރަނގަޅު ކުރުމަށް ކޮންމެ އަތޮޅަކަށް ސަރުކާރުގެ ހާއްސަ މަންދޫބަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް ކަނޑައަޅުއްވައިފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ސަރުކާރުގެ ފަރާތުން ކަނޑައަޅާ އިސް ފަރާތްތަކުގެ ގޮތުގައި މި ބޭފުޅުން ރައީސް ސޯލިހު ކަނޑައެޅުއްވީ، ކޮވިޑުގެ ހާލަތު ގާތުން މޮނިޓާކޮށް ހަރުދަނާ ކުރަން ޖެހޭ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ފަސޭހަކޮށް މަސައްކަތް އަވަސްކުރުމުގެ ގޮތުން ކަމަށެވެ.
އެގޮތުން، އެކި މިނިސްޓްރީތަކުން ސްޓޭޓް މިނިސްޓަރެއް، ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ކޮންމެ އަތޮޅަކަށް މަންދޫބުންގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
"މިބޭފުޅުން މަސައްކަތް ކުރައްވާނީ، ކައުންސިލްތަކާއި، ޓާސްކްފޯސްތަކާ ގުޅިގެން އެއަތޮޅެއްގައި ކޮވިޑް-19 ކޮންޓްރޯލްކޮށް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ހުރި މައްސަލަތަކާއި، ދަތިތައް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރަށް އަދި ކަމާ ގުޅުން ހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދެއްވައި އެކަން ހިނގާ ނުހިނގާ ގޮތް މޮނިޓާ ކުރެއްވުމަށެވެ." ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދާއި އަތޮޅުތަކުގައި ސަރުކާރުން ވަނީ ވަކި ގަޑިތަކެއްގައި ކާފިއު އިއުލާންކޮށް ހަރުކަށި އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. މާލެ ސަރަހައްދުގައި ޚާއްޞަ ހުއްދައަކާއި ނުލައި އެއްވެސް ވަގުތެއްގައި ބޭރަކަށް ނުނުކުމެވެއެވެ.

ކިޔުންތެރިންގެ ހިޔާލު