ކޯވިޑް ބަލީގައި އިތުރު ދިއްވެއްސަކު ރާއްޖެއިން ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ މިއަދު ހެނދު 5:35 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 86 އަހަރުގެ ފިރިހެނެއް ނިޔާވެފައިވާކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 157 ވަނަ މީހާއެވެ. މިބަލީގައި މިމަހު ނިޔާވި 85 މީހާއެވެ.



ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިގެން 155 މީހުން ނިޔާވެފައިވާއިރު، މިއަހަރުގެ މިހާތަނަށް 118 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުުރުވެފައެވެ. އެއާއެކު ސަރުކާރުން ރައްކާތެރިކަމަށް ހަރުކަށި ފިޔަވަޅުތަކެއް، އަޅާ މާލެ އާއި އެހެން ބައެއް ސަރަޙައްދުތަކުގައި ދަނީ ކާފިއު ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު