އިލެކްޓްރިކް ޔޮޓެއްގެ މޮޑެލެއް
އިލެކްޓްރިކް ޔޮޓެއްގެ މޮޑެލެއް
ކަރަންޓު ބޭނުންކޮށްގެން އޮޕަރޭޓްކުރެވޭ ކަނޑު އުޅަނދުފަހަރު ރާއްޖޭގައި ބޭނުންކުރަން ފަށަންޖެހޭކަމަށް މަޝްހޫރު ދިވެހި ފްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

ކަރަންޓު ބޭނުންކޮށްގެން ދުއްވާ އެއްގަމު އުޅަނދު ފަހަރަށް އިޝާރާތްކުރައްވައި ޕްރޮފެސަރ އުގައިލް ވިދާޅުވީ މީގެ ދިހަވަރަކަށް އަހަރު ފަހުން، ކުރިއަރާފައިވާ ގައުމުތަކުގެ މަގުމަތިން ފެންނާނީ ހުސް އިލެކްޓްރިކް އުޅަނދުކަމަށެވެ. އަދި ކަރަންޓު ބޭނުންކޮށްގެން ދުއްވާ ކަނޑު އުޅަނދުތައް ބައްޓަންކޮށް ބޭނުންކުރުމާއި ދިމާލަށް ދިވެހިންވެސް މިސްރާބު ހިފަން އެބަޖެހޭކަމަށް އުގައިލް ވިދާޅުވިއެވެ.



"މީގެ ދިހަވަރަކަށް އަހަރު ފަހުން ކުރިއަރާފައިވާ ގައުމުތަކުގެ މަގުމަތިން ފެންނާނީ ހުސް މިބާވަތުގެ އުޅަނދުތައް. ކަރަންޓު ކަނޑު އުޅަނދުތައް ބައްޓަންކޮށް ބޭނުންކުރުމާއި ދިމާލަށް ދިވެހިން ވެސް މިސްރާބު ހިފަން އެބަޖެހޭ." އުގައިލް ވިދާޅުވިއެވެ.



އުގައިލް ވިދާޅުވީ މިފަދަ ކުރިއެރުންތައް ގައުމަށް ގެނެވެން އޮތީ ތާޒާ އަދި އިހްލާސްތެރި ދިވެހި ސިކުނޑިތަކުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތައް ނަމޫނާ އަކަށް ބަލައިގެން މަސައްކަތް ކުރަންފަށާ ހިސާބުންކަމަށެވެ.

އިލެކްޓްރިކް ވެހިކަލް ނުވަތަ ކަރަންޓުން ބޭނުންކޮށްގެން އޮޕަރޭޓްކުރާ ބެޓެރީ އުޅަނދުތައް ބޭނުންކުރުމަށް އުގައިލް ބާރު އަޅުއްވާފައިވާއިރު، ދުނިޔޭގެ ގިނަ ޤައުމުތަކުން މިހާރު ދަނީ ޑީސަލާއި ޕެޓްރޯލް ބޭނުންކުރާ މިންވަރު މަދުކުރުމަށް އެފަދަ ހަކަތަ ބޭނުންކުރާ އުޅަނދުފަހަރާއި ދުރަށްޖެހުމުންނެވެ. އަދި އެކަންކަން ކުރަން ސުންގަޑިތައް ވެސް ވަނީ ކަނޑައަޅާފައެވެ. ރާއްޖެއަކީ ޖަށްވަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރާ އެއްގައުމެވެ. އެގޮތުން ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ތާރީޚުތައް ކަނޑައަޅާ އެމަގަށް އަމާޒު ހިފާފައިވީ ނަމަވެސް ރާއްޖޭގައި މިހާތަނަށް މިފަދަ ކަމަކަށް ބާރު އެޅުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު