މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖެއްސުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ ރައީސަށް ޚާއްސަ ގެކޮޅެއް ހަމަޖެއްސުމަށް އިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށެވެ. އަދި އުއްތަމަ ފަނޑިޔާރަށް ގެކޮޅު ހަމަޖެއްސުމަށް އިސްލާހު ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށެވެ.

މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖެއްސުމަށް ވަކި ދެ ބިލެއް މަޖިލީހަށް ހުށަހެޅިޔަސް، ދެ ބިލުގައިވެސް މައިގަނޑު ގޮތެއްގައި ހުރީ އެއް ކަންތައްތަކެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސަވާ ގެއަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އެގެއަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަޖައްސައިދޭންވާނެކަމަށް ބުނެފައިވެއެވެ. އަދި ހަމަޖައްސައިދޭ ގެކޮޅަކީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއެއް ކަމުގައިވާންވާނެކަމަށްވެސް ވަނީ ބުނެފައެވެ.

ބިލުގައިވާ ގޮތުން އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅޭ ގޭގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުންކަމަށް ވަނީ ބުނެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅޭ ރަސްމީ ގެއަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. އުއްތަމަ ފަނޑިޔާރުގެ ދިރިއުޅޭ ރަސްމީ ގެއަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ސްޕްރީމް ކޯޓުންނެވެ.

މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖެއްސުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފައި މިވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް މިމަހުގެ 6 ވަނަ ދުވަހު ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމުގެ ދަށުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން