1988 ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބާޣީން އަރާ ދިން ހަމަލާތަކުން ރާއްޖެ ދިފާއު ކުރުމަށް ނުކުތް ސިފައިންނަށް ޓެންޑަ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ހަޖޫ ޖައްސަވައިފިއެވެ.

ޓެންޑަ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވީ، މާމޮޅަށް ޓްރެއިނިން ހަދަ ހަދާފައި އުޅެނިކޮށް އައީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަސް ކަމަށެވެ. އެދުވަހު ސިފައިން އުޅުނު ގޮތް ފެނުނު ކަމަށް ވިދާޅުވެ ޒަރިޔަންދު ވަނީ ސިފައިންނަށް ހަޖޫ ޖައްސަވާފައެވެ.

"ދެން އައި 7 ފެބުރުއަރީގައި އުޅުނުގޮތް ދެކުނިން، ބަހަނާ ދެއްކުން ހުއްޓާލާ، ފަންޑުކުރި މީހާ ހޯދާ، ޒިންމާވާ މީހުން ގެއަށް ވަޑައިގަންނަވާ." މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް ދިން ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަށް ގޮވާލާ ޒަރިޔަންދު ހިތްހަމަ ނުޖެހުން ފާޅުކުރަށްވަމުން ވިދާޅުވިއެވެ.

ޒަރިޔަންދުގެ މި ވާހަކަތަކަށް ގުޅިގެން ކުރީގެ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އިބްރާހިމް ދީދީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މަޖިލީހުގެ މެމްބަރު ކަން ކުރެއްވި އިބްރާހިމް ދީދީ ވިދާޅުވީ، ނޮވެމްބަރު 3 އައިއިރު އެމްއެންޑީއެފަކީ މާމޮޅު ޓްރެއިނިންވެފައި ތިބި ބައެއް ނޫން ކަމަށެވެ. އެހެންނަމަވެސް އޭރުގެ ސިފައިންގެ ހެޑްކުއާޓަރ ނޭޝަނަލް ސެކިއުރިޓީ ސާވިސް ހިމާޔަތް ކުރެވުނީ ސިފައިން ދެއްކި ހިތްވަރުން ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

"އެކަމަކު އެ ކުރި ހިތްވަރުން ނޫންނަމަ އޭރުގެ އެންއެސްއެސް (ސިފައިންގެ ހެޑް ކުއާޓަރ) ސަލާމަތް ކުރަންޖެހޭނީ އެހެން ގައުމަކުން، ދެންވާނެ ގޮތް ވިސްނާލާ، ކަމެއް ގޯސްވާއިރަށް ނޮވެމްބަރު 3 ގައި ޖެހެނީ ކީއްވެބާ؟" ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ދިންއިރު ސިފައިންގެ ތެރޭގައި މަސައްކަތް ކުރެއްވައި ނޮވެމްބަރު 3 ގެ މެޑަލް ހާސިލްކުރެއްވި އިބްރާހިމް ދީދީ ވިދާޅުވިއެެވެ.

ޒަރިޔަންދުގެ މި ވާހަކަތަކާއި ގުުޅިގެން ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑުކިޔާފައެވެ. ދިވެހި އަސްކަރިއްޔާގެ އަގުވައްޓާލައި ސިފައިންނަކީ އެއްވެސް އަގެއް ނެތް ބަޔެއް ކަމަށް ދޭހަވާގޮތަށް ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ސްރީލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ސިފައިންގެ 8 ބޭކަލަކު ހިމެނެއެެވެ. މިކަން ރޭވުމުގެ އެންމެ އަޑީގައާއި އަމަލީ ގޮތުންވެސް ބައިވެރިވެފައި ވަނީ ދިވެހީންގެ ބައެކެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޫަޔާސިރު

04-Jun-2021

ތިޔަ ބުނާ ޒަރިއަންދަކީ ހަމަސީދާ ރޯނު އެދުރެއް. އޭނާއަށް ނޭގޭ ކަމެއްވެސް އިނގޭ ކަމެއްވެސް ނޯންނާނެ. މުޅިންވެސް ހޮޓާތަކުގަޔާ ކަންމަތި ތަކުގަ މަ ބޮޑޭކެޑުން ނޫން ކަމެއް އޭނާއަކައްނޭގޭނެ. މީ ތެދެއްކަން އޭނަ ދަންނަ އެންމެނަށްވެސް އެނގޭނެ.


-2

މާސްޓަރ

04-Jun-2021

ސިފައިންގެ އަގު ހިފަހައްޓާނީ ސިފައިން. ސިފައިންގެ ޒިންމާ ނުނެގުނީމަ އެހެން މީހުންނާއި ގޭގެއާއި މަގުތަކާއި ގޯސްކޮށްގެން ސިފައިންގެ އަރާނެކަމަށް ދެކުމަކީ މޮޔަކަމެއް.


1

މަރުޖާން

04-Jun-2021

އެހަމަލާގެ އެއްމެއަސްކޮން ތިބީ ކެނެރީއާއި ސިއްކަ


-2

މަރުޖާން

30-May-2021

އެހަމަލާގެ އެއްމެއަސްކޮން ތިބީ ކެނެރީއާއި ސިއްކަ



ޓްރެންޑިން