ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ނިންމަވާފައިވާ ފަދައިން، ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި، ފެން އަދި ކަރަންޓު ބިލުން ލުއިދިނުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.  

މިގޮތުން އާންމު ގޭބިސީތަކުގެ އަންނަ މަހުގެ ކަރަންޓު ބިލުން 40 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. ސްޓެލްކޯއިން ފެނުގެ ޚިދުމަތްދޭ ރަށްރަށުގެ ތެރެއިން އާންމު ގޭބިސީތަކުގެ އަންނަ މަހުގެ ފެންބިލުން 30 އިންސައްތަ ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ޚިދުމަތް ފޯރުކޮށްދޭ އާންމު ވިޔަފާރިތަކުން ބޭނުންކުރާ ފެނާއި ކަރަންޓަށް ދައްކަން ޖެހޭ އަދަދުން 20 އިންސައްތަ ޑިސްކައުންޓެއް ދިނުމަށްވެސް އެކުންފުނިން ވަނީ ނިންމާފައެވެ.

މީގެއިތުރުން، ކޮވިޑް-19ގެ ހާލަތު މިވަގުތު ހުރި ގޮތުން ސްޓެލްކޯގެ ބިލިން ކައުންޓަރުތައް ބަންދުކޮށްފައިވީނަމަވެސް، ބިލު ދައްކާ ފަރާތްތަކުން އެކުންފުނީގެ މޮބައިލް އެޕްލިކޭޝަނާއި ވެބްސައިޓު ބޭނުންކޮށްގެން ވަރަށް ފަސޭހައިން ބިލްތައް ދައްކާލެވޭނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ސްޓެލްކޯގެ އިތުރުން، އެމްޑަބްލިއުއެސްސީ އަދި ފެނަކައިން ވެސް ވަނީ ސަރުކާރުން ކަނޑައެޅިގޮތަށް އަންނަ މަހުގެ ކަރަންޓާއި ފެން ބިލްތަކުން ޑިސްކައުންޓް ދޭން ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން