ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާޤު (ދަގަނޑޭ) ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ޤައުމީ ޓީމުގެ މެޗުތަކެއް ކުޅެން ހަމަޖެހިފައިވާ ޓީމުގައި ހިމެނޭ އަލީ އަޝްފާޤު ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ދުބާއީގައި ހެދި ޕީސީއާރު ޓެސްޓުންކަމަށް އަޝްފާޤު ބުންޏެވެ. އަޝްފާޤު ބުނީ ކޯވިޑަށް ޕޮޒިޓިވްވިޔަސް އޭނާގެ ހާލު ރަނގަޅުކަމަށެވެ. ނަމަވެސް މިފަހަރުގެ ވޯލްޑްކަޕް ކޮލިފައިންގއާއި އޭޝިއަން ކޮލިފަޔާސް މެޗުތަކުގައި ބައިވެރިނުވެވޭނެ ކަމަށް އަޝްފާޤު ބުންޏެވެ.

އަޝްފާގު ދުބާއީން ހެދި ޓެސްޓަކީ ޗައިނާގައި އޮތް މެޗަށް އެޤައުމަށް ދިއުމުގެ ކުރިން ހެދި ޕީސީއާރު ޓެސްޓެކެވެ.

އަޝްފާޤު ޕޮޒިޓިވްވެފައިވާއިރު، އޭނާގެ އަންހެނުންވެސް ވަނީ ވަރަށް ފަހުން ކޯވިޑަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް އަޝްފާގު ޤައުމީ ޓީމާއި ގުޅުނީ ޕީސީއާރު ޓެސްޓް ހެދުމަށްފަހު، ނެގެޓިވް ނަތީޖާ ލިބުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން