ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ ސަރުކާރު ވައްޓާލަން "މޯލްޑިވްސް ޑިމޮކްރެޓިކް އަންނީި ޕާޓީ، އެމްޑީއޭޕީ" އުފަންވެއްޖެކަމަށް އެމްޑީޕީގެ އިސް މަޤާމުތަކެއް ކުރިން ފުރުއްވި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި ކުރިން ހަރަކާތްތެރިވަމުން ގެންދެވި އަދި ރައީސް ނަޝީދުގެ ސަރުކާގައި ރައީސް އޮފީހުގައި ވެސް މަސައްކަތް ކުރެއްވި، ޝުއައިބު އަލީ ވިދާޅުވީ ރައީސް ޞާލިހުގެ ސަރުކާރު ވައްޓާލަން އެމްޑީޕީގެ ތެރެއިން ބަޔަކު މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެކަން ކުރަމުންދަނީ އެމްޑީޕީ ތެރެއިން އުފަންވެގެން އުޅޭ މޯލްޑިވިއަން ޑިމޮކްރެޓިކް އަންނި ޕާޓީން ކަމަށްވެސް ޝުއައިބު ވިދާޅުވިއެވެ.

މިފަހަކަށް އައިސް އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ޝުއައިބު ވިދާޅުވީ އެމްޑީޕީގެ ރައީސްކަމަށް ވާދަކުރެއްވުމުގެ ޝަޢުޤުހުރިކަމަށާއި، އޭނާ ޕާޓީގެ ލީޑަރަކަށް ހޮވިވަޑައިގެންފި ނަަމަ އެކަންކަން އިސްލާހުކުރައްވާނެ ކަމަށެވެ.

"އިބޫ ސަރުކާރު ވައްޓާލަން އެމްޑީޕީގެ ތެރެއިން މޯލްޑިވިއަން ޑިމޮކްރެޓިކް އަންނި ޕާޓީ އުފަންވެއްޖެ. އަޅުގަނޑު އެމްޑީޕީގެ ރައީސްކަމާއި ހަވާލުވާނީ އެމްޑީއޭޕީ ބަލިކޮށް، އެމްޑީޕީ ރީސްޓްރަކްޗަރކޮށް ދިނުމުގެ ވައުދާއެކު." އެމްޑީޕީގެ ރައީސް ކަމަށް ވާދަލުރަށްވާނެކަން އިޢުލާން ކުރަށްވަމުން ޝުއައިބު ވިދާޅުވިއެވެ.



ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވުމުން ޕާޓީގައި އޭނާ އަދާކުރަމުން ގެންދިޔަ މަގާމުން ވެސް ވަކި ކޮށްފައިވާ ޝުއައިބު ވިދާޅުވީ ރައީސް ނަޝީދުގެ ފެކްޝަންގައި ހިމެނޭ ބައެއް ބޭފުޅުންގެ އަމަލުތައް ހުރި ގޮތުން އެ ބޭފުުޅުންގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވެއްޓިފައިވާކަމަށެވެ.

ޝުއައިބު ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރަނީ އެމްޑީޕީގެ އިސް ބައެއްކަމަށް ތުހުމަތުކުރަށްވާފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ، އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް، އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހިމެނޭކަމަށް ޝުއައިބު ވިދާޅުވިއެވެ. މީގެއިތުރުން އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށް ޝުއައިބު އިންތިހާބުވެވަޑައިގެންފިނަމަ އެބޭފުޅުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅުއްވާނެކަމަށް ޝުއައިބު ވިދާޅުވިއެވެ.



"އަންނިއަށްފަހު އެމްޑީޕީގެ ރައީސްކަމާއި އަޅުގަނޑު ހަވާލުވެ، ޕާޓީތެރެއިން ހިމޭން ބަޣާވާތްކޮށް ޕާޓީގެ އިސް ލީޑަރ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަން ފުރޮޅާލަން ކުރި މަސައްކަތް ތަހުޤީޤްކޮށް ޝިފާޒް، ހަސަން ލަތީފް، އީވާ، އަލީ އާޒިމަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ވަގުތުން ފަށާނަން." އެމްޑީޕީގެ އިސް ސަފުގައި ހިމެނޭ ބައެއް ފަރާތްތައް ގުޅިގެން ރައީސް ޞާލިޙުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރަމުން ގެންދާކަން ތުހުމަތު ކުރަށްވަމުން ޝުއައިބު ވިދާޅުވިއެވެ.



ޝުއައިބުގެ ވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ފައިސާތަކުގެ ވާހަކަ ދެއްކި ފަހުން އޭނާ އެއްގޮތަކަށްވެސް ނުފެންނަކަމަށާއި، ރައީސް ނަޝީދުގެ ސެކިއުރިޓީއަށް އިހުމާލުވި މައްސަލައިގައިވެސް އެއްވެސް އެއްޗެއް އޭނާ ވިދާޅުނުވެ ހުންނަވަނީ ކީއްވެގެންތޯވެސް ޝުއައިބު ސުވާލު ކުރައްވާފައިވެއެވެ.

"ޕީޖީ ލީޑަރ އަލީ އާޒިމް އެމްއެމްޕީއާރުސީގެ ފައިސާތައް ދިޔާކޮށްގެން އެދަބަސް ތަކަށް އެޅުއްވުމަށް ފަހު ފިއްލެވި ގޮތަށް އެމަނިކުފާނު ހޯދާ ނުފެނިގެން މި އުޅެނީ. 241 ކޮމިޓީން ސެކުއިރިޓީ ބްރީޗްގެ މައްސަލައިގައި އެއްވެސް ބަހެއް ވިދާޅުވާ އަޑެއް ނީވޭ. މި ވަނީ ކިހިނެތް؟" ޝުއައިބު ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑަރޝިޕް ތެރޭގައި މައްސަލަތައް އުޅޭކަމަށް ގިނަ ބަޔަކު މިހާރު ގަބޫލުކުރެއެވެ. އެގޮތުން ރައީސް ނަޝީދާއި ރައީސް ޞާލިހަށް ތާއީދުކުރާ މެންބަރުން ދެބަޔަކަށް ބެހި، އެމްޑީޕީގެ ތެރޭގައި ދެފެކްޝަން އެބައޮތްކަމަށް ސިޔާސީ މަޝްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެގޮތުން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި އަޑުއުފުލަމުން ގެންދާ ގޮތުން ވެސް މިކަން ވަރަށް ބޮޑަށް ހާމަވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ތީދު

04-Jun-2021

ބޯގަޅި ޅާއެއް.


0

ކަތިވަޅި

04-Jun-2021

ސުއައިބު ހަދާން ނަށްތާލާ އެމްޑީޕީގެ ރައީސްކަން....ވަރަށް ސަލާމް..


19

ހިމޭން.

04-Jun-2021

ކާރިވެފާ ތިތިބީ ކޮންބައެއް


-1

ހިމޭން.

04-Jun-2021

ސުވޭބު ދަންނަން ވަރައް ރަގަޅައް ދަންނަން އެއީ ބޯނުބާ ރާސްސެއްގެ ފަލްސަފާއެއް ގެމައްޗައް ފިކުރު ހިންގާ މީހެއް



ޓްރެންޑިން