އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު މަޖިލީހުން ނެރުމާއެކު، ކުރިން އެވާހަކަ އެންމެ ބާރަށް ދައްކަވަމުން ގެންދެވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްގެ ބަސްހުއްޓި، އާޒިމް މުޅިން ހަމަހިމޭން ވެފައިވާތީ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް، އިބުރާ އާޒިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

މަލާމާތުގެ ރާގަކަށް އަލީ އާޒިމާއި މުހާތަބު ކުރަށްވަމުން އިބްރާ މިއަދު ވަނީ އެމްއެމްޕީއާރުސީގެ ވަގުން ހޯދައި ނިމުނީތޯ ވިދާޅުވެ އަލީ އާޒިމާ ސުވާލު ކުރަށްވާފައެވެ. އިބްރާ ވިދާޅުވީ އެކަމުގައި ވަރަށް ކަންކަން ހޯދަން އެބައޮތްކަމަށާއި، ޤައުމުގެ އެންމެން ފުލުހުންނަށް ވާންޖެހޭނެ ކަމަށެވެ.

"އެމްއެމްޕީއާރުސީގެ ވަގުން ހޯދައި ނިމުނީތަ؟ ހާދަކަމެކޭ ދޯ ހޯދަން މިއޮތީ؟ ޤައުމުގެ އެންމެން ފުލުހުންނަށް ވާންވީ؟" އިބްރާ ވިދާޅުވިއެވެ.



އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އިބުރާ ވިދާޅުވީ ޤައުމުގައި ބޮޑެތި މައްސަލަތައް ހުރިއިރު، މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ އަޑެއް ބަޑެއް ނީވޭކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ލިސްޓް އަލީ އާޒިމްގެ "ކަރުބުޑުގައި ތާށިވީތޯ ނުވަތަ ދިޔާ އެއްޗެހީގެ ގޮތުގައި ފޭބީތޯ" އޭނާ ސުވާލުކުރެއްވިއެވެ.

"ޤައުމުގައި މިހިރަ ހިނގާ ބޮޑެތި ކަންކަން ހިނގަމުންދާއިރު 65 މެމްބަރުންގެ ވެރިޔަކަށް ހުރި ސަރުދާރުގެ އަޑެއް ބަޑެއް ނީވޭ. ކިހިނެތްތޯ މިވީ. އެމްއެމްޕީއާރުސީ ލިސްޓު ކަރުބުޑުގައި ތާށިވީތޯ؟ ނުވަތަ ދިޔާ އެއްޗިއްސަށް ފޭބީތޯ؟" މަލާމާތުގެ ރާގަކަށް އަލީ އާޒިމާ ސުވާލު ކުރަށްވަމުން އިބުރާ ވިދާޅުވިއެވެ.

އިބްރާގެ ފާޑުކިޔުން މަޖިލީހުގެ މެޖޯރިޓީ ލީޑަރަށް އަމާޒުވެފައިވާއިރު، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމްގެ މާބޮޑު ހަބަރެއް ނުވާތާ ގިނަ ދުވަސްތަކެއްވެއްޖެއެވެ. އެގޮތުން އެންމެފަހުން މަޖިލީހުން ނެރެ އާންމުކުރި އެމްއެމްޕީއާރުސީގެ ލިސްޓުގައި އަލީ އާޒިމްގެ ނަން ހިމެނިފައިވާއިރު، އެކަމާއި ގުޅޭގޮތުން އޭނާ ދެއްކެވި ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިއުން ވަނީ އޭނާއަށް އަމާޒުވެފައެވެ. އެގޮތުން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވެގެން ދަބަހެއް ހިއްޕަވައިގެން އެގެއަށް ވަޑައިގެން އަދީބު ދެއްވި އެއްޗެއް އެއަށް އަޅައިގެން މީހަކަށް ގެންގޮސްދެއްވި ކަމަށާއި ނަމަވެސް އެއީ ކަރުދާސް ނޫން ކަމަށާއި އެއީ ދިޔާއެއްޗެހި ކަމަށް އަލީ އާޒިމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

އަބްދޫ

04-Jun-2021

ވިލާތު ަސަރުބަތު ފުޅިއެއްތަ ?ގެންގޮސްދިނީ ނަސީދަށްތަ?



ޓްރެންޑިން