ކުޅުދުށްފުށީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުުހުން ބުނީ ރޭ 20:48 އެހާކަންހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ޒުވާނަކު ރަހީނުކޮށް ކާރަކަށް އަރުވައިގެން ގެންދިޔަކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބުނު ކަމަށާއި އަދި މި ޒުވާނާ ރަހީނުކޮށްގެން ގެންދިޔުމަށްފަހު އަނިޔާކޮށްފައިވާކަމަށެވެ.

ފުލުހުން ބުނީ މި ޒުވާނާއަށް ލިބިފައިވާ ޒަހަމްތަކަށް ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންކަމަށެވެ. އަދި މި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ލިބިފައިވަނީ ކިހާ ސީރިއަސް އަނިޔާ ތަކެއްކަން ހަމަކޮށްފައެއް ނުވެއެވެ.

ކުޅުދުއްފުށީ ސިޓީގައި ޒުވާނަލު ރަހީނުކޮށްގެން އަނިޔާ ކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އޭނާ ރަހީނުކުރީ ކީއްވެގެން ކަމެއް ނުވަތަ މިމައްސަލައިގައި ބަޔަކު ހައްޔަރުކުރި ކަމެއް ވެސް ފުލުހުން އަދި ހާމަކޮސްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން