މަރަދޫ ޞިއްޙީ މަރުކަޒު ފުލޫ ކްލިނަކަަކަށް ބަދަލުކުރުމުން މަރަދޫ އަދި މަރަދޫފޭދޫގައި ދިރިއުޅުއްވާ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

އައްޑޫ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނަށް ހިދުމަތްދޭން ހުރި ހަމައެކަނި ސިއްހީ މަރުކަޒު ކޯވިޑް ފެސިލިޓީއަކަށް ހެދުމުން ރައްޔިތުންނަށް ވަރަށް ދަތިވާކަމަށެވެ. އަދި އެ އަވަށުގައި ޕްރައިވެޓް ކްލިނެއްވެސް ނެތް އިރު، ސިއްހީ މަރުކަޒު ނޫން އެހެން ތަނެއް ފްްލޫ ކްލިނިކަކަށް ބަދަލުކުރިނަމަ ރައްޔިތުންނަށް ފަސޭޙަވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.



އައްޑޫގައި ކޯވިޑް-19ގެ ކޮމިއުނިޓީ ސްޕްޑެއް އޮތްކަމަށް ބެލެވިފައިވާތީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ދަށުން ހިންގަމުން އަންނަ ޞިއްޙީ މަރުކަޒުތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމުގެ އުސޫލުތަކަށް މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން މަރަދޫ ޞިއްޙީ މަރުކަޒު ހަމައެކަނި ފްލޫ ކްލިނިކެއްގެ ގޮތުގައި ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. އަދި ފޭދޫ، މަރަދޫ އަދި މަރަދޫފޭދޫގައި ދިރިއުޅުއްވާ ފަރާތްތަކުގެ ތެރެއިން ރޯގާ ނުވަތަ އެނޫންވެސް ކޮވިޑް-19 ގެ އެއްވެސް ޢަލާމާތެއް ހުރި ބޭފުޅުން މަރަދޫ ޞިއްޙީ މަރުކަޒަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.



މީގެއިތުރުން ފޭދޫ ޞިއްޙީ މަރުކަޒަށް ވަޑައިގަންނަވާނީ ފްލޫ ނޫން އެހެނިހެން ބަލިތަކަށް ފަރުވާ ހޯއްދަވާ ބޭފުޅުންކަމަށާއި މަރަދޫ އަދި މަރަދޫފޭދޫގައި ދިރިއުޅުއްވާ ފަރާތްތަކަށް ކޮވިޑް-19 އިން ދިފާޢުވުމުގެ ވެކްސިން އަދި ކުޑަކުދިންނަށް ދެވޭ ވެކްސިން ދިނުން ކުރިއަށްދާނީ މަރަދޫފޭދޫ ސަދަރން ޗައިލްޑް ޑިވޮލޮޕްމަންޓު ސެންޓަރުގައިކަމަށްވެސް އޭއީއެޗްއިން ބުނެއެވެ. މީގެއިތުރުން ފޭދޫގައި ދިރިއުޅުއްވާ ފަރާތްތަކަށް ކޮވިޑް-19 އިން ދިފާޢުވުމުގެ ވެކްސިން އަދި ކުޑަކުދިންނަށް ދެވޭ ވެކްސިން ދިނުން ކުރިއަށްދާނީ ފޭދޫ ޞިއްޙީ މަރުކަޒުގައެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ ޑޮކްޓަރަށް ދެއްކުމުގެ ކަންކަމަށް ބަދަލުތަކެއް އަޔަސް، ގުޅިފައިވާ ރަށްތަކަށް ދަތުރު ކުރެވޭނީ ކަނޑައެޅިފައިވާ އުޞޫލުތަކުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހުކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން