އަންނަމަހުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ވަޒީފާއަށް ހުށަހެޅޭނީ އޮންލައިންކޮށް އެކަނިކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީން ނެރުނު ބަޔާނެއްގައި ބުނީ 1 ޖޫން 2011 އިން ފެށިގެން އެމް.ޑަބްލިޔު.އެސް.ސީގެ ވަޒީފާތަކަށް އެދި ހުށައެޅޭނީ ހަމައެކަނި އޮންލައިންކޮށްކަމަށާއި އޮންލައިން އެޕްލިކޭޝަން ލިންކުގައިވާ ފޯމް ފުރުއްވުމަށްފަހު އޮންލައިންކޮށް ވަޒީފާތަކަށް އެދި ހުށައެޅޭނެކަމަށެވެ.

އޮންލައިންކޮށް ވަޒީފާތަކަށް އެދި ހުށައެޅޭގޮތް ހަމަޖައްސާފައި ވަނީ، ކުންފުނީގެ އޮންލައިން ޚިދުމަތްތަކާއި އަދި ޑިޖިޓަލައިޒޭޝަން ޕްރޮސެސް އިތުރަށް ފުޅާކޮށް، ހަރުދަނާކޮށް، ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ތިމާވެއްޓާއި ރައްޓެހި، އަދި ރައްޔިތުންނާއި ވީހާވެސް ގާތުން ލުއިފަސޭހަގޮތެއްގައި، ވަޒީފާއަށް އެދި ހުށައެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައިކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. މިގޮތުން، އޮންލައިންކޮށް، ކޮންމެ ވަގުތެއްގައި، ކޮންމެތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއިއެކު ވަޒީފާއަށް އެދި މިފަދައިން އޮންލައިންކޮށް ވަޒީފާތަކަށް އެދި ހުށައެޅޭގޮތް ހަމަޖެހިގެންދިޔުމުން، ވަޒީފާއަށް އެދި ހުށައެޅުމާއި ވަޒީފާއަށް މީހުން ހޮވުމުގެ މަރުހަލާތަކުގައި ކަރުދާސް ބޭނުންކުރެވޭ މިންވަރު ދަށްވެ، ތިމާވެއްޓަށް ހެޔޮ އަސަރުތަކެއް ކުރުމަށް މަގުފަހިވެގެންދާނެކަމަށް އެކުންފުނިން ދެކެމެވެ.

އެހެންކަމުން 1 ޖޫން 2021 އިން ފެށިގެން ހުރިހާ ފަރާތްތަކުންވެސް އެމް.ޑަބްލިޔު.އެސް.ސީގެ ވަޒީފާތަކަށް އޮންލައިންކޮށް ހުށައެޅުމަށާއި ކޮވިޑް 19ގެ މިހާލަތުގައި، ޚިދުމަތްތައް ހޯއްދެވުމުގައި އެކުންފުނީގެ އޮންލައިން ޕްލެޓްފޯރމްތައް ބޭނުންކުރެއްވުމަށްވެސް ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން