އެންއީއީސީގެ ނޫސްކޮންފަރެންސެއް އޮންލައިންކޮށް ކުރިއަށްދަނީ؛ ކޯވިޑްގެ ތެރޭގައި ވެސް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ނޫށްވެރިން އަންނަނީ ބުރަ މަސައްކަތް ތަކެއް ކުރަމުން
އެންއީއީސީގެ ނޫސްކޮންފަރެންސެއް އޮންލައިންކޮށް ކުރިއަށްދަނީ؛ ކޯވިޑްގެ ތެރޭގައި ވެސް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ނޫށްވެރިން އަންނަނީ ބުރަ މަސައްކަތް ތަކެއް ކުރަމުން
ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއުކުރި ހަބަރަކާއި ގުޅިގެން އެމްޑީޕީއާއި ރައްޔިތުންގެ މަޖިލީޙުގެ ބައެއް މެމްބަރުން އަމަލުކުރަމުންދާ ގޮތުން މިނިވަން ނޫސްވެރިކަމަށް ހިޔަނި އެޅޭނެ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުގެ އެޑިޓަރުން ތަމްސީލްކުރާ އެޑިޓަރސް ގިލްޑުން މިއަދު ބުނެފިއެވެ.

އެޑިޓަރސް ގިލްޑުން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ބެހޭ ގޮތުން ނޫހަކުން ފޮރުވިގެން ތިބެ ޕްރޮޕެގެންޑާ ފަތުރަނީ ކަމަށް އެންމެ ބޮޑު ޕާޓީ އަދި ވެރިކަން ކުރާމައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ބުނުމަކީ، މިނިވަން ނޫސްވެރިކަމަށް ހިޔަނި އެޅިގެންދާ ކަމެއް ކަމުގައި އެޑިޓަރުން ދެކޭކަމަށެވެ. އަދި އެމްޑީޕީން މައްސަލަ ޖައްސާ ރިޕޯޓަކީ ރައީސް ނަޝީދަށް ކޮށްފައި އޮތް ފުރައްސާރައެއް ކަމަށް ބުނެފައި އޮތުމަކީވެސް ކަންބޮޑުވާ ކަމެއްކަމުގައި ބަޔާނުގައިވެއެވެ.

މި ބަޔާނުގައި ނޫހުގައި ލިޔެފައިވާ ރިޕޯޓަކީ ދައުލަތުން މަތީ ފެންވަރުގެ ބޭފުޅުންނަށް ސެކިއުރިޓީ ދިނުމުގައި ކަމެއް އޮތް ގޮތް، އިންވެސްޓިގޭޓިވް ގޮތަކަށް ގެނެސްދީފައިވާ ރިޕޯޓެއްކަމަށް ދެކޭކަމަށާއި އެއީ މައްސަލައިގެ އެއްބޮޅުކަމަށްވެސް ބުނެފައިވެއެވެ. އަދި ނޫސްތަކުގައި ލިޔާ ލިޔުންތަކަށް މައުލޫމާތު ދޭ މަސްދަރު ހާމަނުކުރުމުގެ އިހްތިޔާރު ގާނޫނު އަސާސީން ނޫސްވެރިންނަށް ދީފައިވާއިރު، އެ ރިޕޯޓް ލިޔުނު ނޫސްވެރިއާ އަދި އެ ނޫހުގެ މަސްދަރާ ސުވާލު ނުކޮށް އެ މައްސަަލަ ބެލޭނެ ގޮތަކީ ކޮބައިތޯ ބުނެ ބަޔާނުގައި ވަނީ ސުވާލު އުފައްދާފައެވެ. އެކަން އެހެން އޮއްވައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ، 241 ކޮމެޓީ އިން މައްސަލަ ބަލާނެ ގޮތަކީ ކޮބައި ކަމެއް ނޭނގޭކަމަށާއި އެހެންކަމާއެކު، ކަމުގެ އަސްލު މައްސަލަ ނުބަލައި ނޫސްވެރިން ކުށްވެރިވާ ގޮތަށް އެފަދަ ބަޔާންތައް ނެރުމަކީ މިނިވަން ނޫސްވެރިކަމަށް ހިޔަނި އެޅުމަށް ކުރާ ކަމެއް ކަމުގައި ދެކޭކަމަށް އެޑިޓަރސް ގިލްޑްގެ ބަޔާނުގައިވެއެވެ.



އެ ބަޔާނުގައި ރައީސް ނަޝީދު ދިރިއުޅުއްވި ގޭގެ މައުލޫމާތަކީ ވަކި ބަޔަކަށް ނޫނީ ލިބިގެންވާނެ މައުލޫމާތެއް ނޫން ކަމަށް ބުނެފައިވާއިރު ރައީސް ނަޝީދު ދިރިއުޅުއްވި ގެ ކޮޅަކީ ގިނަ ބަޔަކަށް ވަދެނުކުމެވޭ ގޮތަށް ހުރި ގެކޮޅެއްކަމަށާއި އެ ގެކޮޅު ހުންނަގޮތް ވަކި ބަޔަކު ބުނެ ނުދިނަސް ގިނަ ނޫސް ވެރިންނަށްވެސް އެކޮޅު ހުންނަގޮތް އެނގޭނެކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ނޫހެއްގައި ޝާއިއުކުރާ ލިޔުމެއްގެ ސަބަބުން، އެ ނޫހަކަށް ފިޔަވަޅު އަޅައި، ނޫސްވެރިން މާޖިނަލައިޒް ކުރަން ކުރާ އެއްވެސް ކަމަކީ އެޑިޓަރުން ބަލައިގަންނާނެ ކަމެއް ނޫންކަމުގައިވެސް ބަޔާނުގައިވެއެވެ.



އެމްޑީޕީން ހުކުރުދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިކިޔުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ޙައިޞިއްޔަތުން ފޮރުވިގެންހުރެ ރައީސް ނަޝީދުގެ ސެކިއުރިޓީއާ ބެހޭ މަޢުލޫމާތު ނޫހަށް ފޯރުކޮށްދިނުމަކީ ނުހަނު ސީރިއަސް މައްސަލައެއްކަމަށެވެ. އެހެންކަމުން، ފޮރުވިގެންހުރެ ސިކިޔުރިޓީއާ ބެހޭ މަޢުލޫމާތު ނޫހަށްދީ، ރައީސް މުޙައްމަދު ނަޝީދާ ދެކޮޅަށް މިދަނޑިވަޅުގައި ވެސް ޕްރޮޕަގެންޑާ ފެތުރުމަށް މަސައްކަތްކުރާ ފަރާތަކީ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތެއްތޯ، ނުވަތަ ރަސްމީ ޙައިޞިއްޔަތަކުން އެފަދަ މަޢުލޫމާތު ލިބިފައިވާ ފަރާތެއްތޯ ބެލުމުގެ އަވަސް އަދި ފުރިހަމަ ތަޙްޤީޤެއް ކުރުމަށް ސަލާމަތީ ޚިދުމަތްތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

މިމައްސަލައިގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ. މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށް ވީހިނދު، ނޫސްވެރިޔާ ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެކަމަށް ބުނެވިދިޔަ މާއްދާގައި ސަރީޙަކޮށް ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން، "ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި!" މި ސުރުޚީގެ ދަށުން މިމަހުގެ 28 ވަނަ ދުވަހު ރާއްޖޭގެ ނޫހެއްގައި ޝާއިޢުކޮށްފައިވާ ލިޔުމުގެ މަސްދަރު އެއްވެސް ތަހުގީގެއްގެ ތެރެއިން ހޯދުމަށް އެއްވެސް މިންވަރަކަށް މަސައްކަތްކުރުމަކީ ކަންބޮޑުވާކަމެއްކަމުގައި ބަޔާނުގައި ބުނެފައިވެއެވެ. އަދި އެއީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެއިން ފަހަކަށް އައިސް ކުރިއެރުންތަކެއް ހޯދަމުން އަންނަނިކޮށް، ނޫސްވެރިކަމުގެ މިނވަންކަން ވަޒަންކުރާ މިންގަނޑުގައި ފަހަތަށް އެޅިގެންދާނެ ފިޔަވަޅެއްކަމުގައި ކައުންސިލުން ދެކޭކަމަށް ވެސް ބުނެފައިވެއެވެ. މީގެއިތުރުން އެއީ ދިވެހިރާއްޖޭގައި އިންވެސްޓިގޭޓިވް ޖަރނަލިޒަމް ކުރިއެރުވުމަށް އެޅިގެންދާ ހުރަހެއްކަމުގައި ނޫނީ ނުވާނެކަމަށްވެސް މީޑިއާ ކައުންސިލްގެ ބަޔާނުގައިވެއެވެ. އެހެންކަމުން، ޤާނޫނު އަސާސީގެ ރޫޙާ ޚިލާފަށް ނޫސްވެރިޔާގެ ކިބައިން ނުވަތަ ނޫހުގެ ކިބައިން މަސްދަރު ހޯދުމަށް ގޮވާލާގޮތަށް ފާޅުކުރަމުންދާ ޚިޔާލުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށް އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

މީޑިއާ ކައުންސިލްގެ ބަޔާނުގައި މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރު އަދި އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމަށް ފޯނުން ގުޅައި މަޝްވަރާކުރިކަމަށް ބުނެފައިވެއެވެ. އަދި ކޮމިޓީން މި މައްސަލަ ތަޙުޤީޤު ކުރުމުގެ ތެރެއިން ނޫސްވެރިޔާގެ ކިބައިން ނުވަތަ ނޫހުގެ ކިބައިން މަސްދަރު ހޯދުމަށް މަސައްކަތް ނުކުރައްވާނެކަމުގެ ޔަޤީންކަން މުޤައްރިރު ދެއްވާފައިވާކަމަށް ކައުންސިލްގެ ބަޔާނުގައިވެއެވެ. އަދި ކައުންސިލުގެ އިލްތިމާސަކީ، އެހެން ފަރާތްތަކުންވެސް އެ މޭރުމުން މަސައްކަތް ކޮށްދެއްވައި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށް އުނިކަމެއް ލިބިދާނެފަދަ އެއްވެސްކަމެއް ނުކުރުންކަމަށް މީޑިއާ ކައުންސިލްގެ ބަޔާނުގައިވެއެވެ.

އަދި މިމައްސަލަ ވަގުތުން މަޖިލީހުގެ 241 ކޮމިޓީން ބަލަންފަށައި، މި ރިޕޯޓް ޝާއިޢުކުރި މީޑިއާގެ މައްސަލަ ބަލަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން ވަނީ މީޑިއާތަކާއި ނޫސްވެރިންގެ ހިތުގައި ބިރުވެރިކަން އުފެދޭފަދަ ބަޔާނެއް ވެސް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން