ރާއްޖެއިން އިތުރު 780 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މިއީ، އިއްޔެ ރާއްޖެއިން ފެނުނު ކޭސްތަކާ އަޅާބަލާއިރު، 282 ކޭސްގެ މަދު އަދަދެކެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 63،686 އަށް އަރާފައެވެ. އަދި އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 24،205 ގައެވެ.

މިއަދު ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓާ މާލެ ސަރަހައްދުން ޕޮޒިޓިވްވި 571 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުން ޕޮޒިޓިވްވި 04 މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 205 މީހުންނެވެ.

އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 218 މީހުންނަށެވެ. އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 4356 ސާމްޕަލް ނަގާފައިވާ ކަމަށެވެ.



މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 39317 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 158 އަށް އަރާފައެވެ. މިއަދު މިހާތަނަށް އެއްވެސް މީހަކު ބަލީގައި ނިޔާވެފައެއް ނުވެއެވެ. އެޗްޕީއޭއިން ބުނީ މިއަދު 422 މީހަކު ފުރަތަމަ ޑޯޒް ވެކްސިން ޖަހާފައިވާ ކަމަށެވެ. 1،168 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން