ރައީސް ޔާމީނަކީ "މީހުން މީހުނަށް ހެދި" ލީޑަރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ކެބިނެޓްގައިވެސް ހިމެނިވަޑައިގެންނެވި އާދަމް ޝަރީފް، ރައީސް ޔާމީނަށް ތަޢުރީފް ކުރައްވަައި ވާހަކަދައްކަވާފައި މިވަނީ، ރައީސް ޔާމީން އަރިހުގައި ކުރިން މަސައްކަތްކުރެއްވި މިނިސްޓަރ ޝައިނީ ރައީސް ޔާމީނަށް ފާޑު ވިދާޅުވެ، ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯ ލީކުވެފައިވާ ދަނޑިވަޅެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވީ، އޭނާ ސިޔާސީ މައިދާނަށް ނެރެދެއްވީ ރައީސް ޔާމީން ކަމަށެވެ. އަދި ރައީސް ޔާމީނަކީ ހަރުދަނާ ސިޔާސީ ލީޑަރުންތަކެއް އުފެއްދި، ކެބިނެޓުން ޒުވާނުންނަށް ފުރުސަތު ދެއްވި ލީޑަރެއްކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަކީ މީހުން މީހުނަށް ހެއްދެވި ލީޑަރެއްކަމަށެވެ. އެގޮތުން ސިޔާސީ މައިދާނުގައި ފިޔަ ޖަހަމުންދާ ގިނަ ތަރިންނަކީ ރައީސް ޔާމީން އޮފުދާރުކުރެއްވި، ދިރުން ގެނެސްދެއްވި ތަރިންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.



ބެލެވޭ ގޮތުގައި އާދަމް ޝަރީފްގެ މިވާހަކަ ތަކަކީ ރައީސް ޔާމީނާއި ގުޅޭގޮތުން ޝައިނީ ދެއްކެވި ވާހަކަތަކަށް ދެއްވި ރައްދެކެވެ. އަނެއްކޮޅުން ރައީސް ޔާމީނަކީ މީހުން މީހުނަށް ހެއްދެވި ލީޑަރެއްކަމަށް ވިދާޅުވިއިރު، ޑރ ޝައިނީއަކީ ރައީސް ޔާމިންގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި މިނިސްޓަރެއްގެ ގޮތުގައި ރައްޔިތުންނަށް ފާހަގަވި ބޭފުޅެކެވެ. އަދި ރައީސް ޔާމީނަށް ފާޑު ވިދާޅުވެ ޝައިނީ ވާހަކަ ދެއްކެވިއިރު، އޭމާއަކީ މީގެކުރިން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފްކުރަށްވައި ވާހަކަދައްކަވާފައިވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

"ރައީސް ޔާމީނަކީ އަބަދުވެސް އިމްޕޮސިބަލް ޕޮސިބަލަށް ހައްދަވާދެއްވާ ބޭފުޅެއް. ހުވަފެންތަކުގައި ކުލަޖައްސަވާދެއްވާ ރައީސް." 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 15 ވަނަ ދުވަހުގެރޭ ވިލިމާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝައިނީ ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަލީ

03-Jun-2021

ވަރައްރަނގަޅުވާ ހަކައެއް ހުސްވަގުން މިޤައުމުގާ ބިނާކުރި ރައްޔިތުންނައް އަންގާ ދިނީ ހަލާލެއް ހަރާމެއް ބަލާނެ ކަމެއް ނެއްކަން



ޓްރެންޑިން