އައްޑޫ ފްލައިންގ ސްކޫލް ހިންގާނެ ރާއްޖޭގެ ކޮލެޖެއް މިހަފުތާގައި ކަނޑައަޅާނެކަމަށް، އައްޑޫ ފްލައިންގ ސްކޫލް ހިންގާ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން އިއްޔެ ބުނެފިއެވެ.



އައްޑޫ ފްލައިންގ ސްކޫލް ހިންގާނެ ރާއްޖޭގެ ކޮލެޖެއް ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ސްކޫލްގެ ކަންކަން އޮތީ ވަރަށް ބޮޑަށް ބޮއްސުންލާފައެވެ. އެގޮތުން ދަރިވަރުންގެ ކިޔެވުން ގާތްގަނޑަކަށް ހުއްޓިފައިވާއިރު، ކަންކަން ރަނގަޅު ކުރުމަށް އެއްވެސް މަސައްކަތެއް އެ ސްކޫލުން ނުކުރާކަމަށްވެސް ދަރިވަރުން ދަނީ ތުހުމަތުކުރަމުންނެވެ.

އައްޑޫ ފްލައިންގ ސްކޫލް ހިންގާ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސުން ބުނީ ފްލައިންގ ސްކޫލް ހިންގުމަށް ރާއްޖޭގެ ބައެއް ކޮލެޖަތަކާއެކު މަޝްވަރާކޮށްފައިވާކަމަށެވެ. އަދި މިހަފްތާތެރޭގައި ފްލައިންގ ސްކޫލް ހަވާލުކުރާނެ ކޮލެޖެއް ކަނޑައެޅިގެންދާނެކަމަށް އޭއޭއޭއިން ބުނެއެވެ. ނަމަވެސް އެ ފަރާތުން ވާހަކަ ދައްކަމުންދަނީ ރާއްޖޭގެ ކޮން ކޮލެޖުތަކަކާއެކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އައްޑޫ ފްލައިންގ ސްކޫލުގައި 175 ދަރިވަރުން ކިޔަވަމުންދާއިރު، އެ ސްކޫލްގެ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހިންގުމުގައި އިސްކޮށް އުޅޭ އިންޑިއާ މީހަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފައިވާއިރު، ފްލައިންގ ސްކޫލް ދަރިވަރުން ކިޔެވުމަށް ނަގާފައިވާ ލޯނުތައް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

މުޙައްމަދު ފިޔާ

03-Jun-2021

މަންދު ކޮލެޖް އޯކޭ ވާނެ



ޓްރެންޑިން