މާފަންނު ބޮޑުގޭ ފާރުގައި ކުރަހަން ބީލަމަށް ހުޅުވާލައިފިއެވެ.

މާފަންނު ބޮޑުގެއަކީ މާލެ ސިޓީ ކައުންސިލުން ޕާކިންގ ޒޯނެއް ހަދާފައިވާ ބިމެކެވެ. ސިޓީ ކައުންސިލުން ވަނީ ޕާކިން ޒޯންގެ ފާރުގައި ރާއްޖޭގެ ރީތި މަންޒަރުތަކާއި އިސްލާމީ ޝިއާރުތައް ހިމެނޭ ގޮތަށް އެތަނުގެ ފާރުގައި ކުރެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައެވެ.

ސިޓީ ކައުންސިލުން ބުނީ ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މެއިލް ފޮނުވުމުން ބީލަމުގައި ރެޖިސްޓްރީވިކަމުގެ ސްލިޕް މެއިލް ކުރެވޭނެކަމަށެވެ، އަދި ބީލަމުގައި ރަޖިސްޓްރީވި ކަމަށް ޔަގީން ކުރަންވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުން ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ ޖޫން 7 ވަނަ ދުވަހުގެ 1400 އެވެ. ސިޓީ ކައުންސިލުން ބުނީ ބީލަން ހުޅުވުން އޮންނާނީ ޖޫން 17 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނުމަގު މާލޭ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާބެހޭ ބައި ތައިސޭކޮށިގައިކަމަށެވެ.

ބޮޑުގޭގައި ފާރުގައި ކުރަހަން ބީލަމަށް ހުޅުވާލިއިރު، ސިޓީ ކައުންސިލުން ފުރަތަމަ މަސައްކަތްކުރީ ހިލޭ ސާބަހަށް މިމަސައްކަތްކުރާނެ ފަރާތެއް ހޯދުމަށެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ރާއްޖޭގެ ފަންނުވެރިންގެ އާމްދަނީއަށް އަސަރުކޮށްފައިވާތީ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިގެން އެކަން ކުރަން ނިންމީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން