މެދު ރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ 29 ވަނަ ދުވަހުގެރޭ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ މިމައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. ނަމަވެސް މިމައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ޖެންޑަރ މިނިސްޓްރީންވެސް ދަނީ މިމައްސަލަ ބަލަމުންނެވެ. ޖެންޑަރ މިނިސްޓްރީން ބުނީ މެދު ރާއްޖެތެރޭގެ ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް އެމިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސަސް ސެންޓަރއަކަށް ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާކަމަށެވެ.

މިނިސްޓްރީން ބުނީ މިމައްސައާ ގުޅިގެން އަނިޔާ ލިބިފައިވާ ކުއްޖާއަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެކުއްޖާގެ އާއިލާއާއެކު މަސައްކަތްކުރަމުންދާކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ކަމާއި ގުޅުންހުރި ހުރިހާ އިދާރާތަކަކާއި އެކު މަސައްކަތް ކުރެވެމުންދާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ޖެންޑަރ މިނިސްޓްރީން ވަނީ ކުއްޖާގެ ކަރާމާތަށް ގެއްލުންވާނެ ފަދަ ގޮތަކަށް ސައްޙަ ނޫން މަޢުލޫމާތު މިދަނޑިވަޅުގައި އާއްމު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


-3

ބުއްޅަބޭ

03-Jun-2021

ޖެންޑާ މިނިސްޓްރީގާ ޝިދާތާ ޝަރީފެއް ނުން ހުރީކީ ަަެަަެަަެަަެަަެަަެަަަެަަެަަެަަެަަެަަަަެަަެަަެަަެަަެަަެަަަެަަެަަެަަެަަެަައެހެންވީމާ ކުޑަކުދިންނަށް ޖިންސީގޯނާ ނުކުރާނެ!


8

ބުއްޅަބޭ

03-Jun-2021

ޖެންޑާ މިނިސްޓްރީގާ ޝިދާތާ ޝަރީފެއް ނުން ހުރީކީ ަަެަަެަަެަަެަަެަަެަަަެަަެަަެަަެަަެަަަަެަަެަަެަަެަަެަަެަަަެަަެަަެަަެަަެަައެހެންވީމާ ކުޑަކުދިންނަށް ޖިންސީގޯނާ ނުކުރާނެ!


14

ބުއްޅަބޭ

03-Jun-2021

ޖެންޑާ މިނިސްޓްރީގާ ޝިދާތާ ޝަރީފެއް ނުން ހުރީކީ ަަެަަެަަެަަެަަެަަެަަަެަަެަަެަަެަަެަަަަެަަެަަެަަެަަެަަެަަަެަަެަަެަަެަަެަައެހެންވީމާ ކުދަކުދިންނަށް ޖިންސީގޯނާ ނުކުރާނެ!


6

ބުއްޅަބޭ

03-Jun-2021

ޖެންޑާ މިނިސްޓްރީގާ ޝިދާތާ ޝަރީފެއް ނުން ހުރީކީ ަަެަަެަަެަަެަަެަަެަަަެަަެަަެަަެަަެަަަަެަަެަަެަަެަަެަަެަަަެަަެަަެަަެަަެަައެހެންވީމާ ކުދަކުދިންނަށް ޖިންސީގޯނާ ނުކުރާނެ!


-9

ބުއްޅަބޭ

03-Jun-2021

ޖެންޑާ މިނިސްޓަރަކަށް މިހާރު ޝިދާތާ ޝަރީ ނެތްނެ