ނައިޓް ފަޔަރިންގ ތަމްރީންތަކެއް މާދަމާ ފެށުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ތަމްރީންތައް ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަމަހުގެ 3 ވަނަ ދުވަހާއި ހަމައަށްކަމަށެވެ. އަދި އަންނަމަހުގެ 5 ވަނަ ދުވަހުވެސް އެ ތަމްރީން ކުރިއަށްދާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ތަމްރީންތައް ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 5:00 އާއި ހަމައަށް ކަމަށާއި މިތަމްރީންތައް ކުރިއަށްދާނީ ހުޅުމާލޭ އިރުމަތިން 7 ނޯޓިކަލް މޭލު ބޭރުގައިކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ތަމްރީނަކީ ހަތިޔާރާއި، ޕައިކޯ ޓެކްނިކްސް ބޭނުންކޮށްގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީނެއްކަމަށެވެ. އެގޮތުން މި ތަމްރީންތަކުގައި މެޝިން ގަން ބޭނުންކުރެވޭނެކަމަށް އެމް.އެން.ޑީ.އެފުން ބުނެފައިވެއެވެ. މި ތަމްރީންގައި 5000 މީޓަރުގެ ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، ކަނޑުގެ ސަތަޙައިން ފެށިގެން 100 މީޓަރު އުސްމިނުގެ ސަރަޙައްދެއް މިތަމްރީނުގައި ބޭނުންކުރާނެއެވެ. ވައިގެ ސަރަޙައްދުން ބޭނުންކުރާނީ ހުޅުމާލޭގެ 7 މޭލު ބޭރެވެ.

އެހެންކަމުން މި ސަރަޙައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލްވެ، ދަތުރުކުރުމަށް މޯލްޑިވްސް ޓްރާންޕޯޓް އޮތޯރިޓީންވެސް ވަނީ އަންގާފައެވެ. ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމުގެގޮތުން އެމް.އެން.ޑީ.އެފުން އަންނަނީ މިފަދަ ތަމްރީންތައް ސިލްސިލާގޮތެއްގައި ބާއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން