ގެއަކުން ބޫޓެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ވަނީ އެކަމާއި ގުޅޭ ވީޑިއޯއެއް އާއްމުކޮށްފައެވެ. އަދި އެވީޑިއޯއިން ފެންނަ މީހަކީ އޭޕްރީލް 18 ވަނަ ދުވަހު 5:48 އެހައިކަންހާއިރު މާފަންނު، ގެއަކުން ޓްރެއިނިންގ ޝޫޒްއެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށް ފުލުހުން ބުނެއެވެ.



ބޫޓެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން މަސައްކަތް ފަށާފައިވާއިރު މީހުންގެ ގެދޮރާއި ފިހާރަތަކުން ވައްކަން ކުރާ މީހުންގެ ވިޑިއޯ ފުޓޭޖް ހުންނަ އިރުވެސް އެފަދަ ބޮޑެތި ވައްކަންތަކުގައި ހިމެނޭ މީހުން ހޯދައިދޭން ފުލުހުން މަސައްކަތް ނުކުރާތީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވަމުންދާ ކަން ފާހަގަ ކުރެވެއެވެ. އެފަދަ މައްސަލަތަކުގައި ފުލުހުންގެ އެހިތެރިކަން ނުލިބޭކަމަށް ބުނެ ގިނަ ބަޔަކު އެފަދަ މައްސަލަތަކުގެ ވިޑިއޯ ފުޓޭޖް މީސް މީޑިއާގައި ހާމަކުރަމުން ދާކަން ފަހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން