އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ފަސްކޮށްފިއެވެ.

އެމްޓީސީސީއިން ބުނީ އެ ކުންފުނީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދައާއެކު ފަސްކޮށްފައިވާ ކަމަށެވެ. އަދި އަހަރީ އާއްމު ޖަލްސާ ދެން އޮންނާނީ އަންނަމަހުކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ ފަސްކުރަންޖެހުނީ އެމްޓީސީސީގެ ހާއްސަ ގޮތުން ކުރި އާންމު ޖަލްސާ މެއި 16 ވަނަ ދުވަހު ބާއްވަން ޖެހުމާ ގުޅިގެންކަމަށް އެކުންފުނިން ބުނެއެވެ. އަދި ޖޫން 30 ވަނަ ދުވަހުގެ ކުރިން އަހަރީ އާންމު ޖަލްސާ ބާއްވާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ ފަސްކޮށްފައިވާއިރު އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 224.7 މިލިއަން ރުފިޔާއެވެ. އަދި ހިއްސާދާރުންނަށް ހިއްސާއަކަށް 3 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. އެމްޓީސީސީން ބުނާގޮތުން މިދިޔަ އަހަރަކީ އެ ކުންފުންޏަށް 40 އަހަރުގެ ދިގު މުއްދަތުގައި އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރުކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން