އެމްއެމްޕީއާރުސީގެ ވައްކަން ހިންގީ މިސަރުކާރުކަން ހާމަވެއްޖެކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައީނީ އެމްއެމްޕީއާރުސީގެ މައްސަލައާއި މިސަރުކާރާއި އޮތް ގުޅުން ހާމަކޮށްދެއްވައި ދެއްކެވި ވާހަކަފުޅުތަކެއްގެ އޯޑިއޯ ލީކުވެފައިވާތީ އެކަމަށް އިޝާރަތް ކުރަށްވައެވެ.

ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ވައްކަމުގެ ޖަރީމާތައް ރާވައި ހިންގީ މިސަރުކާރުންކަން ޑރ. ޝައިނީގެ ދައުރުވަމުންދާ އޯޑިއޯއިން ސާބިތުވެއްޖެކަމަށެވެ. އަދި ރައީސް ޔާމީނަށް ތަކުރާރުކޮށް ދަޢުވާކުރަނީ ޙަޤީޤީ މުޖްރިމުން ފޮރުވަންކަމަށާއި މިހާރުވެސް ދަޢުވާތައް ބާޠިލްވެއްޖެކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. އަދި ދަޢުލަތުން ރައީސް ޔާމީން ޤުރުބާންކުރުން ހުއްޓާލަންޖެހޭކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.





ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ޑރ. ޝައިނީގެ އަޑު ކަމަށް ބެލެވޭ އޯޑިއޯ އެއްގައި ޝައިނީ ވިދާޅުވެފައިވަނީ، އޭނާއާ ނުކުޅުމަށް ސިޔާސީ އެންމެންނަށް އަންގަވާފައިވާނެ ކަމަށެވެ. އަދި ބައެއް އޯޑިއޯތައް އޭނާ އަތްޕުޅުގައި ހުރުމުން އެމެރިކާއަށް ވަޑައިގެން އެ ސާމާނު ރައްކާ ކުރަށްވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެއިތުރުން ކަމަކާނުލައި އޭނާއާއި ބެހެފިނަމަ އެ ހުރިހާ އެއްޗެއް ނޫސްތަކަށް ދާނެ ކަމަށް ވިދާޅުވެ ޝައިނީ ވަނީ މިސަރުކާރުގެ ވެރިންނަށް އިންޒާރު ދެއްވާފައެވެ.

ޝައިނީ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ވެރިކަމަށް ވަޑައިގަނެވުނީ ޝައިނީ މެދުވެރިވެގެން ކުރި މަޝްވަރާތަކެއްގެ ތެރެއިން ކަމަށެވެ. އަދި އެކި ބައްދަލުވުންތަކުގައި ދެކެވުނު އެކި ވާހަކަތަކުގެ އޯޑިއޯތައް އޭނާގެ އަތްޕުޅުގައި އެބަހުރި ކަމަށާއި އޭނާއާ "ނުކުޅެވޭނެ" ކަމަށްވެސް ޝައިނީ އެ އޯޑިއޯގައި ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ބޮނޑިބަތް

03-Jun-2021

ނެކްސްޓް ޖޯކް ޕްލީޒް


14

މުހައްމަދު

03-Jun-2021

ޖަމީލު އެސަރުކާރުގަ ހުރެގެން މިސަރުކާގެ ބައެއް މީހުނާ އެކު އެޖަރީމާ ހިންގީ


-10

ޙަސަން

03-Jun-2021

ޙިތަށް އަރާ ޖަމީލު މޮޔަވެއްޖޭ މިސަރުކާރު ގާއިމުވުމުގެކުރިން ހިނގިކަމެއް މިސަރުކާރުން ކުރިކަމަކަށް އެއްވެސް ހަމަޔަކުން ނުނިންމޭނެ.



ޓްރެންޑިން