ޞާދިރު ޢަލީދީދީ   5 މޭ 2020 - 18:16
ބަލްޓީ ޗިކަން
ބަލްޓީ ޗިކަން
* ބޭނުންވާތަކެތި (6 މީހުންގެ ކެއުމަކަށް)



3 މޭޒުމަތީ ސަމުސާ ގިތެޔޮ ނޫނީ ވެޖެޓެބަލް އޮއިލް

2 ބޮޑުފިޔާ (ކޮށާފައި)

3 ޓުމާޓޯ (ކޮށާފައި)

1/2 ސައި ސަމުސާ ކަލޯންޖީ ސީޑް

4 ބްލެކް ޕެޕަރކޯން

2 ކާރޑަމަން ޕޮޑް

1 ސިނަމަން ސްޓިކް

1 ސައި ސަމުސާ މުގުރި މިރުސް

1 ސައި ސަމުސާ ގަރަމް މަސާލާ

2 ސައި ސަމުސާ ގަރލިކް އެންޑް ޖިންޖަރ ޕޭސްޓް

700 ގުރާމް ޗިކެން ބްރެސްޓް (ހަންނޮޅައި ކަށިތައް ނަގާފައި)

2 މޭޒުމަތީ ސަމުސާ ނެޗުރަލް ޔޯގަޓް

2 މޭޒުމަތީ ސަމުސާ ފްރެޝް ކޮރިއެންޑަރ (ކުދިކޮށް ކޮށާފައި)

އިތުރު ކޮރިއެންޑަރ ފަތްކޮޅެއް (ގާރނިޝްކުރުމަށް)

2 ފްރެޝް ގްރީންޗިލީ (ކަރުގަނޑު ނެގުމަށްދަހު ކުދިކޮށް ކޮށާފައި)

2 މޭޒުމަތީ ސަމުސާ ލައިމް ޖޫސް

ރަހަލާވަރުގެ ލޮނުކޮޅެއް

* ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބޮޑު ތެއްޔެއްގައި ގިތެޔޮކޮޅު ހޫނު ކޮށްލާށެވެ. އެއަށްފަހު މަޑު ގިނީގައި ބެހެއްޓުމަށްފަހު ފިޔާ އަޅާށެވެ. ފިޔާކޮޅު ރަންކުލަ އަރަންދެން ބަހައްޓާށެވެ. އެގޮތުން 10 ވަރަކަށް މިނިޓުވަންދެން ބަހައްޓާއިރު، ދޭތެރެ ދޭތެރެއިން ފިޔާކޮޅު ހަލުވާށެވެ.

ފިޔާކޮޅު ރަންކުލަ އެރުމުން އޭގެތެރެއަށް ޓުމާޓޯއާއި ކަލޯންޖީ އޮށާއި ޕެޕަރކޯންއާއި ކަރޑަމަމް ޕޮޑައި ސިނަމަން ސްޓިކްއާއި ޗިލީޕައުޑަރއާއި ގަރަމް މަސާލާއާއި ގަރލިކް ޖިންޖަރ ޕޭސްޓް އަދި ރަހަލާވަރުގެ ލޮނު ކޮޅެއް އަޅައި ހަލުވައި މިހުރިހާއެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. އަދި 5 މިނިޓް ވަންދެން ކައްކާށެވެ. މިގޮތަށް ބަހައްޓާއިރުވެސް ތިންހަތަރު ފަހަރު ހަލުވާށެވެ.

ފަސް މިނިޓުވުމުން އޭގެތެރެއަށް ކުކުޅު އަޅާށެވެ. އަނެއްކާވެސް 5 މިނިޓުވަންދެން ކައްކާށެވެ. ހަމަ އެވަގުތު ދޭތެރެ ދޭތެރެއިން ހަލުވާށެވެ. އެއަށްފަހު ޔޯގަޓް ކޮޅުއަޅާށެވެ. އަދި ރަނގަޅަށް އެއްކޮށްލާށެވެ. އަދި ރަނގަޅަށް މަތި ޖެހުމަށްފަހު އިތުރު 10 މިނިޓަށް ކައްކާށެވެ. އާދައިގެ ގިނީގައި ކައްކާއިރު ދޭތެރެދޭތެރެއިން ހަލުވަންވާނެއެވެ. 10 މިނިޓުވުމުން އޭގެތެރެއަށް ކޮށާފައިހުރި ކޮރިއެންޑަރފަތާއި ގްރީން ޗިލީ އަދި ލައިމް ޖޫސްފޮދު އަޅައި އެއްކޮށްލާށެވެ. ނަމަވެސް ދެން އިތުރަކަށް ކައްކާނެކަމެއް ނެތެވެ.

އުނދުންވެސް ނިއްވާލައި ދެންވީ ހޫނުކަންމަތީ ކެއުމަށް މޭޒުމައްޗަށް އަރުވާށެވެ. އަވަހަށް ތަށްޓަކަށް އަޅާށެވެ. އެއަށްފަހު ކޮރިއެންޑަރ ފަތްކޮޅަކުން ގާނިޝްކޮށްލާށެވެ. އެހާހިސާބުން އެހެރީ ފުރިހަމަ ބަލްޓީ ޗިކަން ތައްޔާރު ކުރެވިފައެވެ. ރޯދަ ވީއްލުމަށްފަހު ރޮއްޓާއެކު އަދި ބަތާއެކީގައިވެސް ކާލަން ވަރަށް މީރު ޑިޝްއަކަށް ބަލްޓީ ޗިކަން ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ނިކަން އަޖުމަ ބަލާލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން