އިރުފާން ތަގިއްޔު (ކ) އާއި ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު މޯނިންގ ސަން މިސްބާހް މުހައްމަދު (ވ)
އިރުފާން ތަގިއްޔު (ކ) އާއި ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު މޯނިންގ ސަން މިސްބާހް މުހައްމަދު (ވ)
މިދިޔަ އޭޕްރީލް މަހުން ފެށިގެން ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރި ހދ. ނޮޅިވަރަންފަރު މޯނިންގ ސަން މިސްބާހު މުހައްމަދު (25އ) ހުރީ ބޭރުގެ ޑްރަގު ނެޓްވޯކެއްގައި ރަހުނުކޮށްފައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ބުނީ، މިސްބާޙް ރާއްޖެއިން ފުރާފައިވަނީ، މިދިޔަ އަހަރު ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ 22:13 ގައި ކަމަށެވެ. އަދި އޭނާ ފުރަތަމަ ދިޔައީ ދުބާއިއަށް ކަމަށާއި އޭގެ ފަހުން މިސްބާހް މުހައްމަދު 2020 ނޮވެމްބަރު 23 ވަނަ ދުވަހު ޕާކިސްތާނަށް ގޮސްފައިވާ ކަމަށެވެ. މިސްބާހް މުހައްމަދު، ރާއްޖެއިން ބޭރަށް ގެންދިޔައީ މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްގެން އަތުލައިގަތް ނެޓްވޯކުގައި އިސްކޮށް ހުރި އެކަކު ކަމަށްވާ އިރުފާން ތަގިއްޔު ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

އިރުފާނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގުމުގައި އިސްކޮށް ހުރި މީހެކެވެ. އިރުފާން ތަގިއްޔު ވަނީ 2020 ޑިސެމްބަރު 08 ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައެވެ. އިރުފާން ރާއްޖެ އައިސްފައި ވަނީ ނޮވެމްބަރ 22 ވަނަ ދުވަހުއެވެ.

މިސްބާހު ޕާކިސްތާނަށް ގޮސްފައިވަނީ، އިރުފާނު ރާއްޖެއަށް އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާނަށް މަސްތުވާތަކެތި ފޮނުވާފައިވާ ބޭރުގެ ޑްރަގް ނެޓްވޯކްގެ ބެލުމުގެ ދަށުގައި ރަހުނެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެއެވެ.

"މަސްޖަރީ" ނަމަކަށްކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު 8 ވަނަ ދުވަހު މާލެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ލިބުމުން މާލެއަށް އެތެރެކުރި މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައިވަނިކޮށް ފުލުހުން ވަނީ ހޯދާފައެވެ. މި އޮޕަރޭޝަނުގައި ރާއްޖެ އެތެރެކުރި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.

މި އޮޕަރޭޝަނުގައި 10 މީހުން ހައްޔަރުކޮށް، މާލޭގެ ބައެއް ގެތައް ބަލައި ފާސްކޮށްފައިވާއިރު، ދެ ކާރާއި ލޯންޗެއް އަދި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައިވެއެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ހަރަކާތްތެރިވަމުންދިޔަ މީހުންނާއި ލޯންޗުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުންނެވެ.

މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގެ ތަހުގީގު ނިންމައި އިރުފާނުގެ މައްޗަށް މިދިޔަ ފެބްރުއަރީ 14 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން