އައްޑޫ އީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އައްޑޫ އީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ކޯވިޑް-19 އަށް އައްޑޫ ސިޓީން ޕޮޒިޓިވްވީ މިހުންގެ ޢަދަދު 302 އަށް އަރައިފިއެވެ.

އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ، އިއްޔެ އިތުރު 5 މީހަކު އެ ސިޓީން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 145 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އެސިޓީގައި މިވަގުތު ބައްޔަށް ޕޮޒިޓިވް 155 މީހުން އެބަތިއްބެވެ.

އެ ސެންޓަރުން ބުނީ އައްޑޫ ސިޓީ ހިތަދޫން 111 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ފޭދޫން 2 މީހުން ޕޮޒިޓިވްވެފައިވާއިރު، މަރަދޫ ފޭދޫން 02 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ އިތުރުން ހުޅުދޫން 26 މީހުން، މަރަދޫން 11 މީހުން އަދި މީދޫން އެކަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީން އިއްޔެ ހަވީރު 18:00 ގެ ނިޔަލަށް މުޅި ޖުމްލަ 4730 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އައްޑޫގައި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ގެންދަނީ 3 މީހުންނަށެވެ. އެސިޓީން މިހާތަނަށް 02 މީހަކު ވަނީ ކޮވިޑްގައި ނިޔާވެފައެވެ.

އައްޑޫގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން މުޅި އައްޑޫސިޓި އަށް އަރައިފޭބުން މަނާކޮށްފައިވާއިރު، އެ ސިޓީގައި މިހާރު ވަނީ ކާފިއު އިޢުލާނުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި އެސިޓީގެ މިސްކިތްތަކުގައި ފަރުޟު ނަމާދުގެ ޖަމާޢަތް ހެދުންވެސް ވަނީ މަނާކޮށްފައެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އެއްރަށުން އަނެއްރަށަށް ދަތުރުފަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން