ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު
އީޕީއޭ ބާރުވެރިކޮށް މިނިވަން ކުރުމަށް ވީ ވަޢުދު ފުއްދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށި ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައި އެމްޕީ ވައްޑޭ ވިދާޅުވީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ރައްކާތެރިކަމާއި ބެލެހެއްޓުންތެރިކަން ހަރުދަނާ ނިޒާމެއްގެ ތެރޭގައި ހިފަހައްޓާފައި ބޭއްވުމަށް، އީޕީއޭ ބާރުވެރިކޮށް މިނިވަން ކުރުމަށް ވީ ވަޢުދު ފުއްދަން ޖެހޭ ކަމަށެވެ.

ވައްޑެ މިއަދު ވަނީ އެވަޢުދުގެ ހަނދާން ސަރުކާރަށް އާކޮށްދެއްވައި، "އެވަޢުދު ރޫޅާލެވިގެން ނުވާނެ" ކަމަށާއި، މިހާރުވެސް އެވަޢުދު ފުއްދުން މާބޮޑަށްވެސް ލަސްވެއްޖެ ކަމަށް ވިދާޅުވެފައެވެ.



އީޕީއޭ މިނިވަން ކޮށް ވަކި މުޢައްސަސާއެއްގެ ގޮތުގައި ބާރުވެރި ކުރުވުމަކީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި އެންމެ މުހިއްމު އެއްވަޢުދަށް ވީ ނަމަވެސް މިއަދާ ހަމައަށްވެސް އެ ވަޢުދު ފުއްދުމުގައި ސަރުކާރުން އެދެވޭ މަސައްކަތްތަކެއް ކޮށްފައިވާ މަންޒަރު ފެނިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން