އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު
އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު
"ސޭވް އައްޑޫ" އަކީ އިދިކޮޅު ފަރާތްތަކުގެ ކެމްޕޭން ސްލޯގަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މެމްބަރު ނިހާދު މިމޭރުމުން ވިދާޅުވެފައި ވަނީ، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް އައްޑޫއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން "ސޭވް އައްޑޫ" ގެ ނަމުގައި ޙަރަކާތެއް ހިންގަމުންދާ ދަނޑިވަޅެއްގަ އެވެ. އެކަމާއި ގުޅިގެން އައްޑޫގެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އައްޑޫ މޭޔަރ ޢަލީ ނިޒާރާއި އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ އިންޑިއާގެ އެނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ.

"ސޭވް އައްޑޫ" ކެންޕޭނާމެދު ސުވާލު އުފައްދަވަމުން މެމްބަރު ނިހާދު ވިދާޅުވީ، "ސޭވް އައްޑޫ" އަކީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ގެންގުޅޭ ކެމްޕޭން ސްލޯގަނެއް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ގާތްވާ ވަރަކަށް އެފަދަ އަޑުތައް ގަދަވާނެ ކަމަށް މެމްބަރު ނިހާދު ވިދާޅުވިއެވެ. މީގެ އިތުރުން ނިހާދު ވަނީ އެޙަރަކާތް ހިންގުމަށް ފައިސާ ހޯދާ ގޮތާ ގުޅޭ ގޮތުންވެސް ސުވާލު އުފައްދަވާފައެވެ.

"ކިތައް މިލިއަން ދީގެންބާ މި ފިތުނައެއް މި ހިންގަނީ؟ ބޭނުންކުރަނީ އޭރު ވަގަށް ވެއްދި ފައިސާތޯ؟ ނުވަތަ އެޤައުމުގެ ފައިސާބާ؟" ނިހާދު ސުވާލު އުފައްދަވާފައި ވެއެވެ.



އިންޑިއާ ސަރުކާރުން ރާއްޖޭގައި ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަށް ނިންމާފައި ވީނަމަވެސް އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ހުޅުވުމަށް އަދި ދިވެހި ސަރުކާރުން ނިންމާފައި ނުވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން އައްޑޫ ސިޓީގެ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އައްޑޫއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އެކި ފަރާތްތަކުން ވެސް ދަނީ ކޮންސިއުލޭޓެއް އެޅުމުން އައްޑޫ ސިޓީ ތަރައްގީވާނެ ކަމަށް ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޔާމިން

08-Jun-2021

އައްޑޫސަލާމައްކުރާނަންއިންޝާﷲ


4

ޔާމިން

08-Jun-2021

އޭބޯގޯހާ ތިކަމެއްނުވާނެ އިންޑިޔާއަކައް


-5

ޙުއްތު

08-Jun-2021

ޚޮންސިއުލޭޓް ތަރައްޤީއެއް ބޭނުމެއްނެތް, ބޭރުގެ އަސްކަރީ ބާތެއް މިތާ އޮވެގެން ތަރައްޤީ ނުވިޔަސް ހެޔޮ



ޓްރެންޑިން