މަސްވެރިކަން ކުރާ ދޯންޏެއް
މަސްވެރިކަން ކުރާ ދޯންޏެއް
އެންދަމަން ފީނި މަސްވެރިޔަކު މިއަދު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ގއ. ދެއްވަދޫ ކައިރިއަށް އެންދަމަށް ފޭބި މީހަކު ހާލު ދެރަވެގެން އެ ރަަށު ސިއްހީ މަރުކަޒަކަށް ފަރުވާއަށް ގެންދިޔައިރު ނިޔާވެފައިވާ ކަމަށެވެ.

މިޙާދިސާގައި ނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު 4:40 އެހާކަންހާއިރު ކަމަށާއި މިޙާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން