ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް، މިއަދު ހަވީރު 4:30 ގައި ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް މިއަދު ވިދާޅުވީ، ރައީސް ޞާލިޙް ނޫސްވެރިންނާ ބައްދަލު ކުރަށްވަނީ ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ޙިއްސާކުރެއްވުމަށް ކަމަށެވެ. މީގެ އިތުރުން ކޮވިޑާ ގުޅިގެން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު މި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރަށްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ގޯސްވެފައި ވާއިރު ސަރުކާރުން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށް، ޒަރޫރީ ޙާލަތެއްގައި މެނުވީ މާލެއިން ރަށްރަށަށް ނުދެވޭ ގޮތަށް ހަދާފައެވެ. އަދި މާލޭގެ ކާފިއު ވެސް އިތުރު ހަފްތާއަކަށް މިއަދު ވަނީ އިތުރުކޮށްފައެވެ.
ރައީސް ޞާލިޙް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ.

President @ibusolih will meet the press this evening at 16:30hrs to discuss the latest measures and policy updates related to the national #COVID19 response.
— Mabrook Azeez (@MvSpokesperson) June 8, 2021
ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ގޯސްވެފައި ވާއިރު ސަރުކާރުން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށް، ޒަރޫރީ ޙާލަތެއްގައި މެނުވީ މާލެއިން ރަށްރަށަށް ނުދެވޭ ގޮތަށް ހަދާފައެވެ. އަދި މާލޭގެ ކާފިއު ވެސް އިތުރު ހަފްތާއަކަށް މިއަދު ވަނީ އިތުރުކޮށްފައެވެ.
ރައީސް ޞާލިޙް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ހިޔާލު