ފްލައިން ސްކޫލްގައި ކިޔަވާ ބައެއް ދަރިވަރުންނާ ނައިބުރައީސް ބައްދަލު ކުރެއްވުން
ފްލައިން ސްކޫލްގައި ކިޔަވާ ބައެއް ދަރިވަރުންނާ ނައިބުރައީސް ބައްދަލު ކުރެއްވުން
އައްޑޫ ފްލައިން ސްކޫލްގައި ކިޔަވާ 15 ދަރިވަރެއްގެ ލޯނު، ހަޔާ އެޑިއުކޭޝަންގެ ދަށަށް ބަދަލުކޮށްފިއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މިއަދު ބުނީ، ފްލައިން ސްކޫލުގެ 15 ދަރިވަރުންގެ ލޯނު އެ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށާއި، އެފިޔަވަޅަކީ ރައީސް ޞާލިޙްގެ އެންގެވުމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ. ދަރިވަރުންގެ ލޯނު މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުން ލޯނަށް އިތުރުވާ އެއްވެސް އިންޓްރެސްޓެއް ދަރިވަރުން ދައްކާކަށް ނުޖެހޭނެ ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން ދަރިވަރުން މިނިސްޓްރީއަށް ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭނީ ތަމްރީނު ފުރިހަމަކޮށް ނިމޭތާ ހަ މަސް ފަހުންނެވެ.

ސަރުކާރުން މީގެ ކުރިންވެސް ވަނީ މަތީ ތައުލީމާއި ތަމްރީނުގެ ލޯނު ފުރުސަތުގެ ދަށުން އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ 96 ދަރިވަރުންގެ ލޯނުވެސް އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމާ ތާރީހުން ފެށިގެން ހަ މަސް ދުވަހަށް ބަދަލުކޮށްފައެވެ. ނަމަވެސް އެގޮތަށް ފަސްކޮށްދީފައި ވަނީ ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުންނެވެ.

އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް އިހުމާލުވެފައިވާ މައްސަލާގައި މިހާރު ކިޔަވާ ދަރިވަރުންގެ ޕައިލެޓް ތަމްރީނުތައް އަލުން ފެށުމުގެ ހަރަދު ބަލަން ފިނޭންސް މިނިސްޓްރީގައި އެދުމުން ދަރިވަރުންނަށް 320 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސްގެ ފަރާތުން ސ. ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގައި ތައުލިމް ހާސިލްކުރަމުން ގެންދާ ދަރިވަރުންގެ ތައުލީމް ކުރިޔަށް ނުގެންދެވި ސްކޫލްގެ މެނޭޖްމެންޓުން އިހުމާލުވެފައިވާތީ ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިންގެ މަގާމުގައި ހުރި ސުރަންޖަން ޑީ-ސިލްވާ މަގާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ދޫކޮށްފައިވާ ހުއްދަ 23 މެއިން ފެށިގެން އަތުލުމަށް ނިންމާފައެވެ.

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) ނުވަތަ ‎އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވަން ނައިބް ރައީސް ފައިސަލް ނަސީމް ވެސް ވަނީ ދާދިފަހުން ގޮވާލައްވައިފައެވެ. އަދި އައްޑޫ ފްލައިން ސްކޫލްގައި ޑޮލަރުން ފީ ނަގާ މައްސަލަ އެމްއެމްއޭއާއި ފުލުހުންނަށް ޑިސެމްބަރު މަހުގެ ކުރީކޮޅު ވަނީ ހުށަހަޅާފައެެވެ. އައްޑޫ ފްލައިންގ ސްކޫލް ކުދިން އަތުން ޑޮލަރުން ފީ ނަގާ މައްސަލަ އެމްއެމްއޭއާއި ފުލުހުންނަށް ހުށަހަޅާފައި ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންނެވެ.

ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ޝަކުވާތަކުގެ ތެރޭގައި ދަރިވަރުންތަކެއް ކަނޑާލުމާއި، ދަރިވަރުން ފްލައިން އަވާސް ހަމަކުރަން އެކަށީގެންވާ ފުރުސަތު ނުލިބޭ މައްސަލަތައް ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި އެހެން މުއައްސަސާތަކުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އައްޑޫ ފްލައިން ސްކޫލްގެ ގިނަ މައްސަލަތަކެއް ދަރިވަރުން ފެންމަތިކުރަމުން އަންނަތާ މިހާރު އެތައް ދުވަހެއް ވެފައި ވީ ނަމަވެސް އެކަމަށް އެކަށީގެންވާ ހައްލެއް ލިބޭގޮތްވަނީ ނުވެފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންވަނީ ފްލައިން ސްކޫލްގައި ހުރި މައްސަލަތައް ހައްލުނުކޮށް އިތުރު ދަރިވަރުން ނެގުން މަޑުޖައްސާލަން ފްލައިން ސްކޫލަށް އަންގާފައެވެ. އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބެލެނިވެރި ވުޒާރާ ކަމުގައިވާ ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ މައްސަލަތައް ހައްލުނުކޮށްފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފައެވެ. އައްޑޫ ފްލައިންގް ސްކޫލްގައި މިވަގުތުވެސް 170 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދެއެވެ. ނަމަވެސް އެކުދިން ތަމްރީންކުރުމުގައި މި ވަގުތު ހަރަކާތްތެރިވަނީ އެންމެ 12 އިންސްޓްރަކްޓަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން