ތަންދޫރީ ޕްރަވްންސް
ތަންދޫރީ ޕްރަވްންސް
* ބޭނުންވާތަކެތި

ހަތަރު މީހުންގެ ކެއުމަކަށް ބޭނުންވާނެ ތަކެއްޗަކީ

4 މޭޒުމަތީ ސަމްސާ ނެޗުރަލް ޔޯގަޓް

2 ފްރެޝް ގްރީންޗިލީ (ކުދިކޮށް ކޮށާފައި)

1/2 މޭޒުމަތީ ސަމްސާ ގަރލިކް އެންޑް ޖިންޖަރ ޕޭސްޓް

4 ކަރޑަމަމް ޕޮޑުސްގެ ސީޑް (ތޮށިނޮޅާފައި)

2 ސައިސަމްސާ މުގުރި ދިރި

1 ސައިސަމްސާ ޓުމާޓޯ ޕިއުރީ

1/4 ސައިސަމްސާ ރީނދޫ ޕައުޑަރ

ޗިލީ ޕައުޑަރ (ދެއިނގިލިކުރިން ނެގޭވަރުގެ)

24 ރޯ ޓައިގަރ ޕްރޮވްންސް (ތޮށި ނޮޅައި ނަގޫވަކިކޮށްފައި)

އޮއިލް (ގިރީސްކުރުމަށް)

* ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ޔޯގަޓާއި ޗިލީ އަދި ގަރލިކް ޖިންޖަރޕޭސްޓް ގްރައިންޑަރަކަށް ލުމަށްފަހު މިކްސްކޮށްލާށެވެ. އެއަށްފަހު، އެ ޔޯގަޓް މެރިނޭޑްޕޭސްޓް ބޮޑު ބޯތަށްޓަކަށް އަޅާށެވެ. ދެން އޭގެތެރެއަށް ކަރޑަމަމް ސީޑާއި ދިރިއާއި ޓުމާޓޯ ޕިއުރީއާއި ރީނދުލާއި ރަހަލާވަރަށް ލޮނު އަދި ދެއިނގިލިކުރިން ނެގޭވަރުގެ ޗިލީޕައުޑާރ ކޮޅެއް އަޅައި ރަނގަޅަށް އެއްވަންދެން ގިރާށެވެ.

މެރިނޭޑް ޕޭސްޓްކޮޅު ރަނގަޅަށް އެއްވުމުން، ދެން އޭގެ ތެރެއަށް ޕްރަވްންސްކޮޅު އެޅުމަށްފަހު އޭގެތެރެއަށް ޕޭސްޓް ރަނގަޅަށް ވަންނާނެހެން އަތް ބޭނުންކޮށްގެން ޕްރަވްންސްގައި ޕޭސްޓް ރަނގަޅަށް އުނގުޅާށެވެ.

ހުރިހާ ޕްރަވްންސެއްގައި ޕޭސްޓް ރަނގަޅަށް ހޭކިއްޖެނަމަ ދެން އެވީ އެއާއެކު ބޯތަށި ކްލިމްފިލްމުން ރަގަޅަށް މަތި ބަންދުކުރުމަށްފަހު މެރިނޭޑްކުރަން ބަހައްޓާށެވެ. މަދުވެގެން 30 މިނިޓް ވަންދެން ބަހައްޓަންވާނެއެވެ. ނޫންނަމަ 4 ގަޑި އިރުވަންދެންވެސް ބެހެއްޓިދާނެއެވެ.

ތިރީސް މިނިޓްވަންދެން މެރިނޭޑް ކުރުމަށް ފަހު ދެން އެވީ ކައްކާށެވެ. ކައްކަން އެންމެ ފުރަތަމަ ތަވާ އުނދުންމަޗަށް ލުމަށްފަހު، ތަވާ ހޫނު ކޔރުމަށް ގަދަ ގީނީގައި އިރުކޮޅެއްވަންދެން ބަހައްޓާށެވެ. ރަނގަޅަށް ހޫނުވެއްޖެތޯ ޔަޤީން ކުރުމަށް ތަވާގެ ތެރެއަށް އަތުން ފެންތިއްކެއް ބުރުވާލާށެވެ. އެވަގުތު ފެންތިކިން ތަވާއިން ބޮކި އަރައިފި ނަމަ، އެ ހޫނުވީއެވެ. އެހެންކަމުން ބުރުހެއް ނުވަތަ ކިޗަން ޕޭޕަރަކުން ހޫނު ތަވާގެތެރޭ ރަނގަޅަށް ތެޔޮ ހާކާށެވެ. ދެން ޕްރަވްންސް ތަވާގެތެރޭ ރަނގަޅަށް އަތުރާލާށެވެ. އެއަށްދަހު 2 މިނިޓް ވަންދެން ފިހެލާށެވެ. ދެން ހުރިހާ ޕްރަވްންސް އަނެއްފުށަށްޖަހައި 1 މިނިޓް ނޫނީ ދޮޅު މިނިޓެއްހާއިރު ފިހާށެވެ.

ރަނގަޅަށް ފިހިއްޖެނަމަ ޕްރަވްންސްއެއް ބުރިކޮށްލުމުން މަސްކޮޅު ހުންނާނަނީ ފިޔާތޮށި ކޮލުލައަރާފައެވެ. މިހާހިސާބުން އެހުރީ ތަންދޫރީ ޕްރަވްންސް ތައްޔާރު ކުރެވިފައެވެ. މިއީ ރޯދަމަހު ގޭގޭގެ ސުފްރާމަތިން މިހާރުވެސް ޖާގަހޯދަމުން އަންނަ މަގުބޫލު ޑިޝްއެކެވެ. ތަންދޫރީ ޕްރަވްންސް އެންމެ މީރުވާނީ ރޮށްޓާއެކީ އަދި ބަތާއެކު ނަމަ، ބާސްމަތީ ބަތާއެކު ކާލުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން