ނަފްރަތުގެ ކުށްތައް ކަނޑައަޅާ ބިލަށް ސަރުކާރުން އަދާލަތު ޕާޓީއާއެކު މަޝްވަރާ ކޮށްފައި ނުވާކަމަށް އެޕާޓީން ބުނެފި އެވެ.
ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން ހުށައަޅާ ބިލެއް ކަމަށެވެ. އަދި އެ ބިލުގައި ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ.
އެބިލުގައި ހުރި ބައެއް ކަންކަމާމެދު ކަންބޮޑުވުން ފާޅުކޮށް ޢަދާލަތު ޕާޓީންވަނީ ބިލަށް ތާޢީދު ނުކުރާކަން ހާމަކޮށް ބަޔާނެއްވެސް ނެރެފައެވެ. ނަމަވެސް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެފައިވަނީ ބިލު ހުށައަޅާފައިވަނީ ކޯލިޝަން ޕާޓީތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި ކޯލިޝަން ޕާޓީތަކާއެކު މަޝްވަރާ ކޮށްފައި ވަނިކޮށް އެޕާޓީތަކުން ބިލަށް ފާޑުކިޔަނީ ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދަން ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން މިއަދު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ޢަދާލަތު ޕާޓީން މިރޭ ބުނީ، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރަން ހުށަހަޅާފައިވާ ބިލަކީ ޢަދާލަތު ޕާޓީއާ މަޝްވަރާކުރެވިގެން ހުށަހަޅާފައިވާ ބިލެއްކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ ދޮގު މައުލޫމާތެއް ކަމަށެވެ.
"އިސްވެ ދެންނެވި ބިލު މަޖިލީހަށް ހުށަހެޅުމުގައި ޢަދާލަތު ޕާޓީއާ އެއްވެސް ސިފައެއްގައި މަޝްވަރާކުރެވިފައި ނުވެއެވެ." ޢަދާލަތު ޕާޓީން ކޮށްފައިވާ ޓްވީޓުގައި ވެއެވެ.
ސަރުކާރުން ހުށައެޅި މިބިލު މިއަދު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ. މި ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ 38 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް 17 މެމްބަރުން ވޯޓުދެއްވިއެވެ. މި ބިލުގެ ބަހުސްގައި އެމްޑީޕީ ބައެއް މެމްބަރުންނާއި އިދިކޮޅު މެމްބަރުންވެސް ވަނީ ބިލް މިހާރުއޮތްގޮތުން އިތުރު ފިތުނަތަކެއް އުފެދިދާނެ ކަމަށްބުނެ ކޮމިޓީމަރުޙަލާގައި ބިލު އިސްލާޙު ކުރުމަށް ގޮވާލާފައެވެ.
މި ބިލުގައި ވަނީ، އާއްމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާއި ހިލާފަށްއުޅޭ ނުވަތަ އިސްލާމްދީނާއި ދެކޮޅު މީހަކު ކަމަށް ތުހުމަތުކޮށް ނުވަތަ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާއި މެދު ނަފްރަތު އުފެއްދުމަކީ ނުވަތަ އާއްމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ.
މީހެއްގެ ނަސްލަށް، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ދެވޭ އަނިޔާއެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އެކުށް ކުރާ މީހާއަށް އެންމެ ބޮޑުވެގެން 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށާއި، ހަމައެގޮތަށް ރަހީނުކޮށް ޖިސްމާނީ އަނިޔާއެއް ނުވަތަ މީހަކަށް ޖިންސީ އަނިޔާއެއް ދީގެން ނުވަތަ މީހެއްގެ ފުރާނަޔަށް ގެއްލުންދޭނެ ކަމުގެ ބިރުދައްކައިފި ކަމުގައި ވާނަމަ އެންމެ ބޮޑުވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް އެ ބިލުގައި ވަނީ ބުނެފައެވެ.
ހަމައެއާއެކު މީހެއްގެ ސިޔާސީ ވިސްނުމަށް ބަލާ އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުމާއި މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލައަށް ބަލާ އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލައަށް ބަލައި ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލައަށް ބަލާ އެމީހަކާއިމެދު ތަފާތު ކުރުމަށް ގޮވާލާ ނުވަތަ އެފަދަ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށެވެ.
ބިލްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއްކަމަށް ވަނީ ކަނޑައަޅާފައެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށެއްގެ އެންމެ ބޮޑު އަދަބަކީ ދެ އަހަރަށް ޖަލަށްލުމެވެ. އަދި އަސާސީ މިންގަނޑުންނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ކިޔުންތެރިންގެ ހިޔާލު