ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ވ). އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ކ).
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ވ). އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ކ).
މުރުތައްދުވެފައިވާ މީހެއްގެ މައްޗަށް މުސްލިމަކު ނޫންކަމަށް ތުހުމަތު ކުރެވެން ޖެހޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހެދުމަށް ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހާ ގުޅިގެން ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ، މުސްލިމަކާ ދިމާލަށް ކާފަރެކޭ ނުބުނެވުނު ނަމަވެސް މުރުތައްދުވެފައިވާ މީހެއްގެ މައްޗަށް މުސްލިމަކު ނޫންކަމަށް ތުހުމަތު ކުރެވެން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރެވޭނަމަ އެކަމުގެ ނަތީޖާއަކަށް ވެގެން ދާނީ ދައުލަތުގެ ނިޒާމުޢާންމު ޙިމާޔަތް ނުކުރެވުން ކަމަށް އަޙްމަދު ވިދާޅުވިއެވެ.

އަޙްމަދު ވިދާޅުވީ، މުސްލިމެއްގެ ގޮތުގައި އުފަންވާ ކޮންމެ މީހަކު މުސްލިމެއްގެ ގޮތުގައި ދެމި ނުހުރެދާނެ ކަމަށާއި، އެހެންކަމުން އިސްލާމީ ޝަރީޢަތުގައި މުރުތައްދުވުމުގެ އަޙްކާމްތައް ބަޔާންކުރެވިގެންވާ ކަމަށެވެ. އެގޮތުން މުސްލިމެއްގެ ގޮތުގައި ހުރި މީހަކު ފާޅުގައި ބަހާއި ޢަމަލުން، ޞަރީޙަކޮށް ނުވަތަ ޟިމްނީކޮށް ދީނުން ބޭރުވެއްޖެ ކަމުގެ ނިޒާޢެއް އުފެދިއްޖެ ނަމަ، އިސްލާމީ ދައުލަތުގެ ވެރިންނާއި ޢިލްމުވެރިންގެ މައްޗަށް ލާޒިމުވެގެންވަނީ "الأمر بالمعروف والنهي عن المنكر" ގެ މަތިވެރި އުޞޫލުން އެމީހަކާމެދު ޢަމަލުކުރުން ކަމަށް އަޙްމަދު ވިދާޅުވިއެވެ.

އެ ރޮނގުން މިސާލު ދައްކަވަމުން ޑރ. އަޙްމަދު ވިދާޅުވީ، "ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މުރުތައްދު ވުމުން، އެވާހަކަ ދެއްކުން މަނާކުރެވިއްޖެ ނަމަ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ހ) ގެ (3) އަށް ރިޢާޔަތްކޮށް އެ މެންބަރެއްގައި ހުންނަންޖެހޭ މުސްލިމަކަށް ވުމުގެ ޝަރްޠު އުނިވެއްޖެކަމަށް ބުނެ، ޤާނޫނުއަސާސީގެ 74 ވަނަ މާއްދާއާ ޙަވާލާދީ އެ މެންބަރަކު ވަކިކުރުމާމެދު ގޮތެއް ކަނޑައަޅަން ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ގެއްލިގެންދާނެ" ކަމަށެވެ.



ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން މަޖިލީހަށް ހުށައެޅުއްވި ބިލުގައި ވަނީ، އާއްމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާއި ހިލާފަށްއުޅޭ ނުވަތަ އިސްލާމްދީނާއި ދެކޮޅު މީހަކު ކަމަށް ތުހުމަތުކޮށް ނުވަތަ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާއި މެދު ނަފްރަތު އުފެއްދުމަކީ ނުވަތަ އާއްމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ.

ބިލްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއްކަމަށް ވަނީ ކަނޑައަޅާފައެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށެއްގެ އެންމެ ބޮޑު އަދަބަކީ ދެ އަހަރަށް ޖަލަށްލުމެވެ. އަދި އަސާސީ މިންގަނޑުންނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން