މައްސަލައަކީ ވައުދު ނުފުއްދުމެއް ނޫންކަމަށާއި، މައްސަލައަކީ ވެރިކަމުގައި ހުންނަން ޖެހެނީ ތިމާކަމަށް ރައީސް ނަޝީދު ގަބޫލުކުރެއްވުންކަމަށް އެމްޑީޕީގެ ކުރީގެ ނާއިބްރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލުކޮށްގެން ބޮޑުވަޒީރުކަން ހޯއްދަވަން ރައީސް ނަޝީދު މަސައްކަތް ކުރައްވަމުންދާކަމާއި އަދި އެގޮތަށް ނިޒާމް ބަދަލު ނުކުރެވޭނެ ކަމަށެވެ.

އަލްހާން މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެފައިވަނީ އެމްޑީޕީގެ ފިކުރު ދެބައިވެ ޕާޓީގައި ދެފެކްޝަނެއް އުފެދިފައިވަނީ ސަރުކާރުން ވެފައިވާ ވަޢުދުތައް ނުފުއްދޭތީ ކަމަށެވެ. އަދި ސަރުކާރު ހިންގުމުގައި އެމްޑީޕީއާއި ރައީސް ނަޝީދު އެކަހެރިކޮށްފައިވާ ކަމަށް ހަސަން ލަތީފް ވަނީ ތުހުމަތު ކުރަށްވާފައެވެ.

ރައީސް ނަޝީދާއި ރައީސް ޞާލިހާ ދެމެދު އެންމެ ބޮޑު ދެބަސްވުމެއް އުފެދުނީ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރައީސް ނަޝީދު ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ރައީސް ޞާލިޙަށް ހުށައެޅުއްވި ހިސާބުންނެވެ. ރައީސް ނަޝީދުގެ މިހުށައެޅުއްވުން ގަބޫލު ނުކުރަށްވާކަން ރައީސް ޞާލިހު ވަނީ ހާމަކުރަށްވާފައެވެ.

ފަހަކަށް އައިސް ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވާހަކަތައް ހޫނުވެފައިވާއިރު، ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ، އެ ނިޒާމަށް އަމަލު ކުރަންޖެހޭނެކަމަށް ވަކާލާތު ކުރައްވާ ބޭއްފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން