ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ޔޫތު މިނިސްޓްރީ ހިންގެވުން ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމާއި ރައީސުލްޖުމްހޫރިއްޔާ ޙަވާލު ކުރަށްވައިފިއެވެ.

ޔޫތް މިނިސްޓްރީގެ ހިންގުން ޑރ. މައުސޫމާއި ޙަވާލު ކޮށްފައި މިވަނީ، ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފްގެ މައްޗަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާތީ ޕްރޮސިކިއުޓަރ ޖެނަރަލް ވަކިގޮތެއް ނިންމަވަންދެން މިނިސްޓަރ މަޙްލޫފް މަސައްކަތުން އެކަހެރިކޮށްފައިވާތީއެވެ.

އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާކަން ތަހުޤީޤަށް ސާބިތުވުމާއި ގުޅިގެން މަޙްލޫފްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕީޖީ އޮފީހަށް ހުށައަޅާފައެވެ. ޕީޖީ އޮފީހުން ބުނީ މަޙްލޫފްގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ހުށައެޅުމާއި ގުޅިގެން މިހާރު އެމައްސަލަ ދިރާސާކުރަން ފަށާފައިވާކަމަށެވެ. އަދި ދައުވާކުރުމާމެދު ހަފުތާއެއްހާ ދުވަހުގެތެރޭގައި ގޮތެއް ނިންމާނެކަމަށް ޕީީޖީ އޮފީހުން ބުނެފައި ވެއެވެ.

އޭސީސީން ބުނެފައިވަނީ، އެމްއެމްޕީއާރުސީގެ ފައިސާއިން މަނީލޯންޑަރކުރަން ބޭނުންކުރިކަމަށް ތުހުމަތުކުރާ ކުންފުނި އެސްއޯއެފްއިން މަޙްލޫފަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

މަޙްލޫފަށް ލިބުނު އެ ފައިސާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމަށާއި، ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ދެމިހުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާކަމަށް އޭސީސީންތުހުމަތު ކުރެއެވެ. ނަމަވެސް މަޙްލޫފް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން