ޞަބްރާ އިބްރާހީމް ނޫރައްދީން
ޞަބްރާ އިބްރާހީމް ނޫރައްދީން
"ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް" ގެ މަޤާމަށް މއ. މާންދޫގެ ޞަބްރާ އިބްރާހީމް ނޫރައްދީން، މިއަދު ޢައްޔަނުކުރައްވައިފިއެވެ.

ޞަބްރާ އިބްރާހީމް ނޫރައްދީން، މި މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ސަފީރު ނުވަތަ ސްޓޭޓް މިނިސްޓަރ ފެންވަރު ގައެވެ.

ޞަބްރާ އިބްރާހީމް ނޫރައްދީނަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒްއިން މާސްޓަރސް އޮފް ސައިންސް އިން ސްޓޭޓް، ސޮސައިޓީ އެންޑް ޑިވެލޮޕްމަންޓް ޙާޞިލްކުރައްވާފައިވާ ބޭކަނބަލެކެވެ.

ޞަބްރާ އިބްރާހީމް ނޫރައްދީން، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް މަޤާމަށް ޢައްޔަނުކުރެއްވުމާއި ހަމައަށް މަސައްކަތްކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސްގެ މަޤާމުގައެވެ. އަދި ޞަބްރާއަކީ މީގެކުރިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކޮލަމްބޯގެ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސްގައިވެސް މަސައްކަތްކުރައްވާފައިވާ ބޭކަނބަލެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން