އިސްރާއީލްގެ ޤައުމީ އެއަރލައިންގެ ފްލައިޓްތަކެއް
އިސްރާއީލްގެ ޤައުމީ އެއަރލައިންގެ ފްލައިޓްތަކެއް
އިސްރާއީލާއި ދިވެހިރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

އިސްރާއީލުގެ މީޑިއާތަކުން ބުނާގޮތުން ރާއްޖެއާއި އިސްރާއީލާއި ދެމެދު ކުރާ ވައިގެ ސީދާ ދަތުރުތައް ފަށާނީ އަންނަ ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހުއެވެ. އަދި މިދަތުރުތައް ކުރާނީ އެއަރ ސީޝެލްސްގެ އެއަރކްރާފްޓެއް ބޭނުންކޮށްގެންކަމަށްވެސް ޚަބަރުތައް ބުނެއެވެ. މީގެއިތުރުން ޓިކެޓްތަކުގެ އަގުތަކާއި ޕެކޭޖްތަކުގެ އަގުތައްވެސް މިހާރު ވަނީ އިޝްތިހާރުކުރަން ފަށާފައެވެ.

ރާއްޖެއާއި އިސްރާއީލާއި ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށް އިސްރާއީލުގެ މީޑިއާތަކުން ޚަބަރު ފަތުރަމުންދާއިރު، ދިވެހި ސަރުކާރުން މިކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.





އިސްރާއިލާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ރައީސް ނަޝީދުގެ ވެރިކަމުގައިވެސް މަސައްކަތްކުރެއްވިއެވެ. ނަމަވެސް ޢާއްމުންނާއި ސިޔާސީ ޕާޓީތަކުގެ ފިއްތުންތަކުގެ ސަބަބުން އޭރު އެކަން ކޮށްފައެއް ނުވެއެވެ.

އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާއި މެދު އަމަލުކުރާ ލާއިންސާނީ ގޮތާއި ގުޅިގެން ދިވެހިންގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްރާއީލަށް އޮންނަނީ ނުރުހުން އަމާޒުވެފައެވެ. އަދި އެކަމާއި ގުޅިގެން އިސްރާއީލުގެ އުފެއްދުންތައްވެސް ރާއްޖެއާއި ބައެއް ޤައުމުތަކުގައި ވަނީ ބޮއިކަޓްކޮށްފައެވެ.

ނަމަވެސް އިސްރާއީލުގެ ފަތުރުވެރިން ރާއްޖެ އައުން އެއްވެސް އިރެއްގައި މަނާކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން