އިޓަލީ އާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗްގެ ތެރެއިން
އިޓަލީ އާއި ސުވިޒަލޭންޑް ބައްދަލުކުރި މެޗްގެ ތެރެއިން
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުން ސްވިޒަލޭންޑުގެ މައްްޗަށް ކުރިހޯދައި އިޓަލީން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ރޭކުޅުނު މެޗު އިޓަލީން ކާމިޔާބު ކޮށްފައިވަނީ ތިނެއް ސުމެއްގެ ނަތީޖާއަކުންނެވެ. ސްވިޒަރލޭންޑް ކޮޅަށް އިޓަލީން ޖެހި ތިން ގޯލްގެ ތެރެއިން ފުރަތަމަ ގޯލް ކާމިޔާބުކޮށްފައިވަނީ ވަނީ މެޗުގެ ފުރަތަމަ ހާފްގައި އިޓަލީގެ މިޑްފީލްޑަށް ކުޅޭ މެނުއެލް ލޮކާޓެލީއެވެ. މެޗުގެ ދެވަނަ ހާފްގައި އިޓަލީއަށް ދެވަނަށް ގޯލެއް ކާމިޔާބު ކޮށްދީފައިވަނީވެސް މެނުއެލް ލޮކާޓެލީއެވެ. އިޓަލީގެ ތިންވަނަ ގޯލު ކާމިޔާބު ކޮށްދިނީ އިމޮބިލޭ އެވެ.

މުބާރާތުގެ ނޮކްއައުޓް ބުރުން އިޓަލީ ޖާގައެއް ކަށަވަރުކުރީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ވޭލްސްއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ސްވިޓްޒަލެންޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ފުލުގައި އޮތް ތުރުކީއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޔޫރޯ 2020 ގައި މިރޭވެސް ފޯރިގަދަ މެޗްތަކެއް ކުޅޭނެއެވެ. އެގޮތުން ރާއްޖެ ގަޑިން އިރުއޮއްސި 18:00 ގައި ޔޫކްރޭނާއި ނޯތު މެސެޑޯނިއާ ބައްދަލު ކުރާއިރު، މިރޭ 21:00 ގައި ބެލްޖިއަމް ނިކުންނާނީ ޑެންމާކާ ދެކޮޅަށެވެ. އަދި ދަންވަރު 00:00 ގައި ވަރުގަދަ ނެދަލޭންޑްސާއި އޮސްޓްރިއާ ބައްދަލުކުރާނެއެވެ.

މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތަކީ މިދިޔަ އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް މުބާރާތުގެ މެޗުތަކެވެ. މި މުބާރާތް ފަސްކުރީ ކޮވިޑުުގެ ބަލިމަޑުކަމާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން