ރެއާލް މެޑްރިޑްގެ ތާރީޚުގައި އެންމެ ކާމިޔާބު ކެޕްޓަން، ސާޖިއޯ ރާމޮސް 16 އަހަރަށްފަހު ރެއާލް މެޑްރިޑް ދޫކޮށްލަން ނިންމައިފިއެވެ.
ރެއާލުން ވަނީ ބުދަ ދުވަހުގެރޭ މިކަން ކަށަވަރު ކޮށްދީފައެވެ. އެގޮތުން ރެއާލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރާމޮސް ރެއާލް ދޫކޮށްލަން ނިންމާފައިވާ ކަމަށާއި، އެކަމާ ގުޅޭގޮތުން ވަރަށް އަވަހަށް ނިއުސް ކޮންފަރެންސެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. މި ކޮންފަރެންސްގައި ރެއަލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާއި ރާމޮސް ބައިވެރި ވާނެކަމަށް ވަނީ ބުނެފައެވެ. އަދި މި ލެޖެންޑްގެ ފެއާވެލްގެ ތައްޔާރީތައް ވަމުންދާކަން ވެސް ރެއާލުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައިއިރު، އެ އެއްބަސްވުން އާކުރަން ރާމޮސް ބޭނުންވި ނަމަވެސް ރެއާލުން ވަނީ މިކަމާ ދެކޮޅު ހަދާކަމަށްވެސް ބުނެއެވެ. އަދި ރާމޮސްގެ މި ނިންމުމާއެކު ޕީއެސްޖީއިން އަންނަނީ އެ ކްލަބަށް އޭނާ ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.
އުމުރުން 34 އަހަރުގެ ރާމޮސް ރެއާލްއަށް ގިނަ ކާމިޔާބީ ތަކެއް ހޯދައިދީފައިވާއިރު، މިއީ ރެއާލެގެ ތާރީޚުގައި އެންމެ ކާމިޔާބު ކެޕްޓަން ވެސްމެއެވެ. މިހާތަނަށް ރެއާލަށް ކުޅެފައިވާ މެޗުތަކުގައި ރާމޮސް ވަނީ 101 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު