ވިޔަފާރިވެރިންގެ މިސްކިތް
ވިޔަފާރިވެރިންގެ މިސްކިތް
ވިޔަފާރިވެރިންގެ މިސްކިތުގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކައް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ވިޔަފާރިވެރިންގެ މިސްކިތުގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު ރޭ ދަންވަރު 1:35 ގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރު ކޮށފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައިވެސް ވަނީ ހަމަ މިކަހަލަ މައްސަލައެއް ފެންމަތިވެފައެވެ. ދެމީހަކު މިސްކިތުގައި ނިދާފައި ތިއްބާ އެމީހުންނަށް ގޮވުމުން، މިސްކިތުން ނުކުންނަމުން ޚަތިމު ހާވާލައިފައި މަސްތުވާ ތަކެތި ކަމަށް ބެލެވޭ ޒާތުގެ ޕެކެޓެއް ނަގައިގެން ދިޔަ ކަމަށް ބުނެ ފޭސް ބުކްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ޕެކެޓުތައް ޚަޠިމް ތެރެއަށް ލަނީ ފުލުހުން ބަލާ ފާސް ކުރާތީ ފޮރުވަން ކަމަށެވެ.

ފަހަކަށް އައިސް މިފަދަ މައްސަލަ ބޮޑުވެފައިވާތީ، ފުލުހުން ބުނެފައިވަނީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި، ނިދުމާއި، އެއްޗެހި ދޮވެ، އަދި މިނޫނަސް މިސްކިތްތައް ބޭނުން ކުރުން އެކަށީގެންނުވާ އެހެނިހެން ބޭނުންތަކަށް މިސްކިތްތައް ބޭނުންކުރާ ކަމުގެ ހިތްހަމަ ނުޖެހުންތަކާއި ޝަކުވާ ފުލުހުންނަށް ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ. އަދި މިކަމަށް ހައްލު ހޯދުމުގެ ގޮތުން މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރުވެސް މިސްކިތް އެގޮތަށް ބޭނުން ކުރާ ފަރާތްތައް ފޮނުވާލާ އަދި ބައެއް ފަރާތްތައް ހައްޔަރު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން