ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ފުވައްމުލަކު ސިޓީއިން އިތުރު 11 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނެފައިވަނީ މިދިޔަ ބުދައާއި ބުރާސްފަތި ދުވަހު ނަގާފައިވާ 103 ސާމްޕަލްގެ ތެރެއިން 11 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި، މީގެ ތެރެއިން 72 ސާމްޕަލެއްގެ ނަތީޖާ އަދިވެސް ނުލިބޭކަމަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި 10 ދިވެހިންނާއި ބިދޭސިއަކު ހިމެނެ ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ. މި ކޭސްތަކާއި ގުޅިގެން 169 މީހުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ފުވައްމުލަކުގެ އެކްޓިވް ކޭސްގެ އަދަދު 122 އަށް އަރާފައިވާއިރު، މީގެ ތެރޭގައި 97 ދިވެހިންނާއި 25 ބިދޭސީން ހިމެނޭކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.
ބުރާސްފަތި ދުވަހު 19 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ބަލި ރަނގަޅުވި މީހުންގެ އަދަދު 590ށް ވަނީ އަރާފައެވެ. ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ބައްޔަށް ޝައްކު ކުރެވޭފަދަ ކިތަންމެ ކުޑަ އަލާމާތެއް ފެނުނަސް ލަސްނުކޮށް ޓެސްޓް ކުރުމަށް އިލްތިމާސް ކޮށްފައެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ފުވައްމުލަކުން 14684 ސާމްޕަލް ނަގާފައވާއިރު، 602 ގެއެއް ވަނީ ވަދެނުކުމެއުޅުން މަނާކޮށް މޮނިޓަރިންނަށް ލާފައެވެ. އަދި ހައިރިސްކް ކޮންޓެކްޓުންގެ ގޮތުގައި 247 މީހަކު ފާހަގަކުރެވިފައިވާ ކަމަށްވެސް މި ހިސާބުތަކުން ދައްކައެވެ.
ފުވައްމުލަކުގައި ކޯވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން މިހާރު ވަނީ ހާއްސަ ފިޔަވަޅު ތަކެއް އަޅާފައެވެ. މީގެ ތެރޭގައި ހަވީރު 4:00 އިން ފެށިގެން ފަތިހު 6:00 ކާފިއު ހިންގުމާއި ހޮޓާތަކަށް ވަދެ ޚިދުމަތް ހޯދުމުގެ ބަދަލުގައި ހަމައެކަނި ޑެލިވަރީގެ ޚިދުމަތް ދޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ. މި ޑެލިވަރީ ފާސްތައް ދޫކުރަމުން ދަނީ ރެސްޓޯރެންޓު ތަކަށާއި ފިހާރަތަކަށެވެ. ޒަރޫރީ ބޭނުން ތަކުގައި ވެސް ބޭރަށް ނުކުމެ އުޅެވޭނީ އެކަމަށް ޚާއްޞަ ކުރެވިފައިވާ ފާސް ނަގައިގެންނެވެ.
ކޯވިޑްގެ ހާލަތު ގޯސްވެފައިވާތީ ފުވައްމުލަކު ސިޓީގެ ސްކޫލުތައް ވަގުތީ ގޮތުން ބަންދުކޮށް، ކިޔަވައިދެނީ ވެސް އޮންލައިންކޮށެވެ. މިއީ ފުވައްމުލަށް މޮނިޓަރިންގެ ހާލަތަށްލީ ދެވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު