މެޗު އެއްވަރުވުމުން ހަންގޭރީ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗު އެއްވަރުވުމުން ހަންގޭރީ ކުޅުންތެރިން އުފާ ފާޅުކުރަނީ
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ވަރުގަދަ ފްރާންސް މޮޅުވިޔަ ނުދީ ހަންގޭރީން އެޓީމް ހިފަހައްޓައިފިއެވެ.

ހަންގޭރީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ. މެޗްގެ ފުރަތަމަ ގޯލް ފުރަތަމަ ހާފްގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ހަންގޭރީއަށް ކާމިިޔާބުކޮށްދިނީ އަޓީލާ ފިއޯލާ އެވެ. ފުރަތަމަ ހާފު ނިމުނީ ހަންގޭރީ ލީޑުގައި އޮވެގެންނެވެ.

މެޗުގެ 66 ވަނަ މިނެޓްގައި އެމްބާޕޭ ދިން ޕާހަކުން އެންޓުއާން ގްރިޒްމަން ވަނީ ފްރާންސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލަށްފަހު މެޗުގެ ލީޑު ނަގަން ފްރާންސް އިން މަސައްކަތްކޮށް ގިނަ ޙަމަލާތަކެއް އުފެއްދި ނަމަވެސް ހަންގޭރީގެ ޑިފެންސް ފޫއަޅުވާލުމުގައި އެޓީމަށް ކާމިޔާބު ލިބިފައެއް ނުވެއެވެ.

މި ގްރޫޕުގެ އެއް ވަނައިގައި ފްރާންސް އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮތް ޕޯޗުގަލް މިރޭ ނުކުންނާނީ ގްރޫޕްގެ ފުލުގައި އޮތް ޖަރުމަނާ ދެކޮޅަށެވެ. މިރޭ ލިބުނު އެއް ޕޮއިންޓާއެކު ހަންގޭރީ އޮތީ ގްރޫޕްގެ 3 ވަނައިގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން