ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް 4-2 ގެ ނަތީޖާއިން ބަލިކޮށް ޖަރުމަނުން ހިންދެމިލައިފިއެވެ.
ޖަރުމަނުގެ ދަނޑުގައި މިރޭ ކުޅުނު މި މެޗްގެ ފުރަތަމަ ގޯލް ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ޑިއޭގޯ ޖޮޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕޯޗުގަލް އަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ނަމަވެސް ޖަރުމަނުން ދޫނުދީ ކުރި ހިތްވަރާއެކު ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމުގެ ކޮޅަށް މެޗްގެ ނަތީޖާވަނީ އަނބުރާލާފައެވެ. ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑަކީ 35 ވަނަ މިނެޓްގައި ޕޯޗުގަލްގެ ރުބެން ޑިއާޒް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އަދި އެ ޓީމުން ލީޑުފުޅާކުރީ 39 ވަނަ މިނެޓްގައި ޕޯޗުގަލްގެ ރަފައެލް ގުއެރެއިރޯ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ.
ދެވަނަ ހާފްގައި މެޗްގެ ތެރެއަށް އެނބުރި އައުމަށް ޕޯޗުގަލް ކުރަމުން އައި މަސައްކަތަށް އިތުރު ހުރަހެއް ކުރިމަތިވީ މެޗުގެ 51 ވަނަ މިނެޓުގައި ޖަރުމަންގެ ކައި ހަވާޓްސް ޖަރުމަނުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް ދިނުމުންނެވެ. ޖަރުމަނުގެ ފަހު ލަނޑު ކާމިޔާބު ކޮށްދިނީ 60 ވަނަ މިނެޓްގައި ރޮބިން ގޮސެންސް އެވެ. މިހާފްގައި ޕޯޗުގަލްއަށް ފަރަގު ކުޑަކޮށްދިނީ 67 ވަނަ މިނެޓްގައި ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޑިއެގޯ ޖޮޓާ އެވެ.
މިނަތީޖާއާއެކު ގްރޫޕް އެފް ގައި ޖަރުމަނާއި ޕޯޗުގަލަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި އެއްވަނައިގައި އޮތް ފްރާންސްއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. މީގެ އިތުރުން ފުލުގައި އޮތް ހަންގޭރީއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މި ގްރޫޕްގެ ފަހު މެޗުތަކުގައި ޖަރުމަނުން ހަންގޭރީ އާއި ދެކޮޅަށް ނުކުންނައިރު ޕޯޗުގަލް ނުކުންނާނީ ފްރާންސް އާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު