ރޭގެ މެޗުގައި ޕޮލެންޑްގެ ލެވެންޑޯސްކީ ސްޕެއިންގެ ގޯލަށް ޙަމަލާއެއް ފޮނުވާލަނީ
ރޭގެ މެޗުގައި ޕޮލެންޑްގެ ލެވެންޑޯސްކީ ސްޕެއިންގެ ގޯލަށް ޙަމަލާއެއް ފޮނުވާލަނީ
ޔޫއެފާ ޔޫރޯ 2020 ގެ ގްރޫޕް އީގައި ސްޕެއިން ކުޅުނު ދެވަނަ މެޗުގައި ޕޮލެންޑާ އެއްވަރުވެ އެޓީމަށް އިތުރު ހާސްކަމެއް ކުރިމަތިވެއްޖެއެވެ.

ސްޕެއިންގެ ސެވިއްޔާގެ ލަ ކަރުޓޫޖާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއްނުޖެހި ސްވިޑެންއާ އެއްވަރުވެފައިވާތީ ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ހޯދުމަށް މެޗުން މޮޅުވުން ސްޕެއިނަށް އޮތީ މަޖުބޫރުވެފައެވެ. މެޗުގެ ފުރަތަމަ ގޯލް 25 ވަނަ މިނެޓްގައި ސްޕެއިނަށް ކާމިޔާބު ކޮށްދިނީ އަލްވަރޯ މޮރާޓާއެވެ. މިއީ ޖެރާޑް މޮރޭނޯ ތަނަވަސްކޮށްދިން ފުރުސަތަކުން މޮރާޓާ ކާމިޔާބުކުރި ލަނޑެކެވެ. އެހެންނަމަވެސް ޕޮލެންޑުން ވަނީ މެޗުގެ 54 ވަނަ މިނެޓްގައި ރޮބާޓް ލެވެންޑޯސްކީ ގެ ގޯލުން ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ ޖޮޒްވިއާކް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބު ކޮށްދިން ލަނޑެކެވެ.

މި ނަތީޖާއާއެކު ސްޕެއިން މިހާރު އޮތީ ދެ މެޗުން ލިބުނު ދެ ޕޮއިންޓާ އެކު ގްރޫޕް އީގެ ތިންވަނައިގައެވެ. ޕޮލެންޑް އޮތީ އެއް ޕޮއިންޓާ އެކު ގްރޫޕްގެ ފުލުގައެވެ. މި ގްރޫޕްގެ އެއްވަނައިގައި ހަތަރު ޕޮއިންޓާ އެކު ސްވިޑެން އޮތްއިރު، ދެވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ސްލޮވާކިޔާއެވެ. މި ގްރޫޕްގައި ބާކީ ދެން ކޮންމެ ޓީމަކަށް އޮތީ އެންމެ މެޗެކެވެ. އެގޮތުން ގްރޫޕްގެ ފަހު މެޗުގައި ސްޕެއިން ނިކުންނާނީ ސްލޮވާކިޔާއާ ދެކޮޅަށެވެ. އަދި ސްވިޑެން ބައްދަލުކުރާނީ ޕޮލެންޑާއެވެ.

ޔޫރޯ 2020 ގައި މިރޭ ރާއްޖެ ގަޑިން 21:00 ގައި އިޓަލީ އާއި ވޭލްސް ބައްދަލު ކުރާއިރު، ހަމަ އެގަޑީގައި ސްވިޒަލޭންޑް ނިކުންނާނީ ތުރުކީ އާއި ދެކޮޅަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން