މިއަހަރުގެ ޖޫން 1 ވަނަ ދުވަހުގެރޭ އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދު ކޮވިޑް ބަލީގައި ހާލު ބޮޑުވެ ނިޔާވުމުގެ ކުރިން ހޮސްޕިޓަލަށް ނުގެންދެވުނު މައްސަލަައިގައި ކޯލް ސެންޓަރުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ހެލްތު މިނިސްޓްރީން އެކުލަވާލި ކޭސް ރިޕޯޓުގައި ބުނެފިއެވެ.
މިޝްކާގެ ބެލެނިވެރިން ހިމެނޭހެން 28 މީހެއްގެ ބަސް ހިމަނައިގެން އެކުލަވާލާފައިވާ ހެލްތް މިނިސްޓްރީގެ ކޭސް ރިޕޯޓްގައި ބުނެފައިވަނީ، ކޮވިޑުގައި ހާލު ސީރިއަސްވެ މަރުވި އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދަށް އެޓެންޑުވާން ޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑުވި ނަމަ، އެ ހާދިސާ ހިނގުމަކީ ނާދިރު ކަމެއް ކަމަށެވެ.
މި ކޭސްއާއި ގުޅިގެން އެ ރިޕޯޓުގައި މައިގަނޑު 12 ކަމެއް ފާހަގަ ކޮށްފައިވެއެވެ. އެކަމުގައި އެޗްއީއޯސީގެ ކޯލް ސެންޓަރުންް ކޯލުތަކަށް ޖަވާބު ދެއްވި ފަރާތްތަކުން ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި ހާލަތަށް އައި ބަދަލު ދެނެގަނެވިފައި ނެތްކަން ފާހަގަވި ކަމަށާއި، އެ މައުލޫމާތު ފުރިހަމައަށް ލޮގުކޮށް ހުރިހާ ކޯލުތައް ހިއްސާކުރަން ހަމަޖެހިފައިވާ ގޮތަށް ހިއްސާކޮށްފައި ނެތް ކަމަށް ކޭސް ރިޕޯޓްގައި ވެއެވެ.
އެޗް.އީ.އޯސީއިން އެންމެ ފުރަތަމަ މިޝްކާގެ މައުލޫމާތު ނަގަން ގުޅިއިރު ބެލެނިވެރިޔާ ކޮންސަލްޓޭޝަންތަކަށް އެދިފައި ވީނަމަވެސް އެޗް.އީ.އޯސީގައި ބޭނުންކުރާ "އައުޓް ބްރޯކާ” (އޯބީ) ސިސްޓަމަށް ކުއްޖާގެ މަޢުލޫމާތު އެޅިއިރު، މިޝްކާއަށް ކޮންސަލްޓޭޝަންއެއް ބޭނުންކަން ފާހަގަކޮށްފައި ނުވާކަމާއި، ބެލެނިވެރިއާއަށް ގުޅިއިރު އެއްވެސް ވަރަކަށް ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަން ފާހަގަކޮށްފައި ނުވާކަމަށް ވެސް އެ ރިޕޯޓުގައި ބުނެއެވެ.
އެޗް.އީ.އޯސީގައި މަސައްކަތްކުރަމުންދާ މެޑިކަލް ރެސްޕޯންސް ޓީމް (ޑީއެމް.އާރް.ޓީ) އިން އެދުވަހުގެ 15:53 ގައި މިޝްކާގެ އޮންލައިން ކޮންސަލްޓޭޝަން ހެދިއިރު، މިޝްކާގެ ހާލަތާއި ދެވިފައިވާ ފަރުވާއަށް ބަލާ އެފަދަ ހާލަތެއްގައި ފިޒިކަލް އެސެސްމެންޓެއް ހެދުމަށް ލަފާދޭންޖެހޭ ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވާކަން ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފަވެއެވެ. މިޝްކާގެ ހާލަތު ގޯސްވެ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ މެންދުރު ވަގުތެއްގައިވެސް ބެލެނިވެރިޔާ އެޗްއީއޯސީގެ ކޯލް ސެންޓަރަށް ގުޅި ކަމަށާއި އަދިި އޭގެ ފަހުން އިތުރަށް ހާލަތު ގޯސްވެ އެމްބިއުލާންސް ފޮނުވައި ދިނުމަށް އެދި އެ ރޭ 9:06 ގައިވެސް އާއިލާގެ ފަރާތުން ގުޅި ކަމަށެވެ.
އަދި އެމްބިއުލާންސް ފޮނުވާނެ ކަމަށް ކޯލް ސެންޓަރުން ދިން ޔަގީން ކަމަށް ބެލެނިވެރިން އިތުބާރު ކުރި ކަމަށާއި ނަމަވެސް ދެ ގަޑިއިރާއި 26 މިނެޓްވި އިރުވެސް އެމްބިއުލަންސް ޓްރިގާކޮށްފައިނުވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި އިމަރޖެންސީތަކަށް އަވަހަށް އިޖާބަ ދިނުމަށް ކޯލް ސެންޓަރ، ޑީ.އެމް.އާރ.ޓީ އަދި ފެސިލިޓީ މެނޭޖްމަންޓް، ހިމެނޭގޮތަށް ހެދިފައިވާ "އެމް.އެމް.އާރް.ޓީ. ވައިބަރ ގްރޫޕް"އަކީ މިހާދިސާ ހިނގިއިރު އެކްޓިވް ވައިބަރ ގްރޫޕެއް ނޫންކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން މިހާދިސާއާއި ގުޅިގެން ހެދިފައިވާ ރިވިއުއިން ލިބިފައިވާ މައުލޫމާތަށް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު މިނިސްޓްރީ އޮފް ހެލްތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު