800 ފޯނު ނަންބަރު ގަތްމީހާ އެނގޭއިރު ފިޔަވަޅެއް ނޭޅެނީ ގަމާރުވީމަތޯއޭ ވިދާޅުވެ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ފުލުހުންނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް އެކި މީހުންގެ އަތުން 7.4 މިލިއަނަށްވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން އަތުލާފައިވާކަމަށާއި، އެފަދަ ކޯލު ތަކުގައި ބޭނުންކުރާ 800 ވަރަކަށް ނަމްބަރު ނަގާފައި ހުރީ އެކެއްގެ ނަމުގައި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވަނީ ބުނެފިއެވެ.
ފުލުހުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވީ، މަކަރާ ހީލަތުން ފައިސާ ޖަމާކުރާ އެކައުންޓްތަކާއި، އެކަމަށް ފޯނު ނަންބަރު ގަންނަ މީހުންގެ މަޢުލޫމާތު ފުލުހުންނަށް އެނގޭއިރު ފިޔަވަޅެއް ނޭޅޭ ސަބަބާމެދު ސުވާލު އުފެދޭ ކަމަށެވެ.
"800 ފޯނު ނަމްބަރުގަތް މީހާ އެނގޭ! އޮޅުވާލި މީހާ ޖަމާކުރި އެކައުންޓުތައް އެނގޭ! މި އަހަރު 7.4 މިލިއަން ރުފިޔާ މިގޮތަށް ފޭރުނުކަން ވެސް އެނގޭ! ދެން މިހުރިހާ ފައިސާ ހޯދަން ޖިނާއީ ދައުވާ ކުރަން ނޭނގެނީ ކީއްވެތޯ؟ ގަމާރީތޯ؟" ބޮންޑޭ ވިދާޅުވެފައިވެއެވެ.
ބޮންޑޭ ވިދާޅުވީ ފޭރުމަކީ ޖިނާއީ ކުށެއް ކަމަށާއި، މިފަދަ މައްސަލަތަކުގައި ޖިނާޢީ ދައުވާ ކުރުމަށް ހުށައެޅުމަކީ ފުލުހުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ފުލުހުން އިއްޔެ ބުނީ 2020 ވަނަ އަހަރު އެކަނިވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 226 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކުގައި 3.5 މިލިއަން ރުފިޔާ އޮޅުވާލައިގެން އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށް ފުލުހުންގެ ތަހުގީގުތަކަށް ފާހަގަކުރެވޭ ކަމަށެވެ.
އަދި މި އަހަރުގެ މިހާތަނަށް އެފަދަ 259 މައްސަލައެއް ހުށަހެޅިފައިވާއިރު އެ މައްސަލަތަކުގައި 3.9 މިލިއަން ރުފިޔާ އެކި މީހުންގެ އަތުން މަކަރާއި ހިލަތުން ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވެވެ. އެގޮތަށް ފައިސާ އަތުލަމުންދަނީ އެކި މީހުންގެ ނަމުގައާއި ފިހާރަތަކާއި ޖަމިއްޔާތައް އަދި ކުންފުނިތަކުގެ ނަމުގައި އެކި މީހުންނަށް ގުޅައިގެންކަމުުގައި ފުލުހުން ފާހަގަކޮށްފައި ވެއެވެ. އަދި މިފަދަ މައްސަލަތައް ކޮވިޑް ތެރޭގައި އިތުރުވެފައިވާ ކަމުގައިވެސް ފުލުހުން ބުނެފައި ވެއެވެ.
އޭގެއިތުރުން، މަކަރާއި ހީލަތުގެ އެފަދަ މުއާމަލާތްތައް މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެންއައިއިރު ރެންޑަމްކޮށް މީހުންނަށް ގުޅައިގެން ފައިސާ އަތުލަމުންދިޔަކަން ފާހަގަކުރެވޭ ކަމަށާ އެހެންނަމަވެސް މިހާރު މަކަރުވެރިން އެފަދަ ކަންކަން ހިންގަމުންދަނީ ވަރަށް ރޭވުންތެރިކަމާއެކުގައިކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު