ރައީސް ޞާލިޙްގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު އަޙްމަދު މުހައްމަދު ޞާލިހު
ރައީސް ޞާލިޙްގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު އަޙްމަދު މުހައްމަދު ޞާލިހު
ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު އަވަހާރަވި ރައީސް ޞާލިޙްގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު އަހުމަދު މުހައްމަދު ޞާލިހަކީ ބުއްދިވެރި އޯގާތެރިއެއް ކަމަށާއި، އެއީ އެމްޑީޕީގެ ވަރުގަދަ ސަޕޯޓަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، އަހުމަދު އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި ރައީސް ނަޝީދު މިއަދު ވިދާޅުވީ އަހުމަދަކީ ބުއްދިވެރި، އޯގާތެރި އަދި މަޖާ މިޒާޖެއްގެ ބޭފުޅެއް ކަމަށާއި، އަދި އެމަނިކުފާނުގެ ވަރަށް ގާތް ބޭފުޅެއް ކަމަށެވެ. އަހުމަދަކީ އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓެއްކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އަހުމަދު އަޑުނާއްސަވާ އެމްޑީޕީގެ ޖަލްސާއެއް ނުހުންނާނެއޭ ބުނުމަކުން ދޮގަކަށް ނުވާނެ ކަމަށެވެ.



ރައީސްގެ ކޮއްކޯފުޅު އަހުމަދުބެ ދުބާއީގައި އަވަހާރަވީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް ރޭގެ ވަގުތެއްގައެވެ. އަހުމަދަކީ ރައީސްގެ ހަގަށް ތިއްބެވި އަށް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެެެވެ. އަހުމަދުބެއަކީ ލޯފަން ބޭފުޅެކެވެ. އަހްމަދުބެ ވެސް ހާފިޒު ކަމުގެ ކޯސް ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން ކޯސް ފުރިހަމަ ކުރެއްވޭ ގޮތެެއް ނުވިއެެވެ. އަހުމަދުބެއަކީ ވަރަށް ހިތްޕުޅުހެޔޮ އެންމެންނާވެސް ވަރަށްގުޅޭ ގިނަބައެއްގެ ލޯތްބާއި ގަދަރު ލިބިވަޑައިގެންފައިވާ ވަރަށް ސަކަ މިޒާޖެއްގެ ބޭފުޅެކެވެ.

ރައީސް ޞާލިހްގެ ކޮއްކޯފުޅު އަވަހާރަވުމުން ވަރަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ރައީސް ޞާލިހަށާއި އެމަނިކުފާނުގެ އާއިލާއަށް ތައުޒިއާ ފޮނުވަމުންނެވެ. ރައީސް ޞާލިހުގެ އާއިލާއަށް ދިމާވި ހިތާމައިގައި "ރަސްއޮންލައިން" އިން ބައިވެރިވެ އެމަނިކުފާނާއި އާއިލާއަށް ތައުޒިޔާ ފޮނުވައެވެ. މާތް ﷲ އަހުމަދުބެގެ ފުރާނައަށް ހެއު ރަހުމަތް ލައްވައި ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށިއެވެ. އާމީން!


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން