މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް އަދި ސަލަފް ޖަމިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ މުޙައްމަދު
މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް އަދި ސަލަފް ޖަމިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ މުޙައްމަދު
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ޝައުޤުވެރިކަން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު ފާޅުކުރެއްވުމުން އެކަމަށް ޖަމިއްޔަތުއް ޞަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ މުޙައްމަދު ރައްދު ދެއްވައިފިއެވެ.

ރާއްޖޭގެ އޮންލައިން މީޑިޔާ އަކުން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަަކަ ދައްކަވަމުން މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު، ސަން ސިޔާމް ވިދާޅުވީ، ރައްޔިތުން އެދޭނަމަ 2023 ވަނަ އަހަރުގެ އިންތިޚާބުގައި ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލައްވާނެ ކަމަށެވެ. އަދި ރައީސް ޞާލިހްގެ ސަރުކާރު އޭނާއަށް ގޯސް ނޫންކަމަށާއި، އެހެން ގައުމުތަކާއި އަޅާބަލާއިރު ރައީސް ޞާލިހު ގައުމު މެނޭޖްކުރައްވަމުން ގެންދަވަނީ މާ ރަނގަޅަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމްގެ ވާހަކައަށް ރައްދު ދެއްވަމުން ޝައިޚް ޢަބްދުﷲ މިއަދު ވިދާޅުވީ، ރައްޔިތުންގެ މަންދޫބެއްގެ ޙައިސިއްޔަތުން، މަޖިލީހަށް ރައްޔިތުން ހޮވައިދިނުމުން އެމަޖިލީހުގެ މަސްއޫލިއްޔަތު އަދާނުކުރައްވާ، ޒިއްމާދާރުކަމެއްނެތް މެމްބަރުންގެ ފުށުން، އެއަށްވުރެ މަތީން ޤައުމަށް ކޮށްދެވޭނެ ޚިދުމަތެއް އޮންނާނެކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.



ރޭގެ ޕްރޮގްރާމްގައިވެސް ސިޔާމް ވަނީ ކޮންމެދުވަހަކު މަޖިލީހަށްގޮސް ފޫހަރައިގެން އިނުމަކީ ކޮންމެހެން ބޭނުންކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. މަޖިލީހުގެ ކޮންމެ ދައުރެއްގައިވެސް ސިޔާމް ފާހަގަވެފައިވަނީ ޙާޟިރީގެ އެންމެ ފުލުން ޖާގަ ހޯއްދަވާ މެންބަރެއްގެ ގޮތުގައެވެ.

މީގެ އިތުރުން ރާއްޖޭގެ ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ރާއްޖޭގައި އިސްލާމްދީން ފިޔަވާ އެހެން ދީނަކަށް ޖާގަނުދިނުން ފަދަ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރެއްވުމަށް ރައީސް ޞާލިހުގެ އަރިހުން އެދިވަޑައިގެންނެވި ކަމަށް ސިޔާމު ވަނީ ވިދާޅުވެފައެވެ. ސިޔާމް ވިދާޅުވީ އޭނާގެ އަމިއްލަ އެއްވެސް ކަމެއް ރައީސް ސޯލިހަށް ހުށަހަޅުއްވާފައި ނުވާނެކަމަށްވެށެވެ.


ކިޔުންތެރިންގެ ހިޔާލު


-1

މާމާ

24-Jun-2021

އެއިރަކު އޮތް ސަރުކާރަކަށް ހައްގު ނޫން ސަނާ ކިއުމަކީ ތިބޭފުޅުންގެ އުފަލެއް ކަމުގައި ވެގެން ނުވާނެ ތެދުވެރިކަމާއި އެކު ވާހަކަ ދައްކައިގެން މައްސަލަ ޙައްލުކުރުމަށް އާދަކުރެއްވުން ރަނގަޅު



ޓްރެންޑިން