ހދ. ކުޅުދުއްފުށި، ރިންސޯ، އަބޫބަކުރު އިބްރާހީމް (20އ)
ހދ. ކުޅުދުއްފުށި، ރިންސޯ، އަބޫބަކުރު އިބްރާހީމް (20އ)
ވީތަނެއް ނޭނގިގެން ޢާއިލާއިން ހޯދަމުންދިޔަ އުމުރުން 20 އަހަރުގެ ޒުވާނާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދިޔަ ހދ. ކުޅުދުއްފުށި، ރިންސޯ، އަބޫބަކުރު އިބްރާހީމް (20އ) މިހާރު ފެނިފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފައިވާއިރު، އެކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ މިޖޫންމަހުގެ 16 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

20 އަހަރުގެ ޒުވާނެއް ގެއްލިގެން އޭނާ މިހާރު ފެނިފައިވާއިރު، އުމުރުން 13 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ރަހީނުކޮށްގެން ގެންގުޅުމަށް ފަހު އަނިޔާކޮށް މަރާލާފައި އޮއްވާ ރޭ ވަނީ ފެނިފައެވެ. ފުލުހުން މިހާރު ވަނީ އެމައްސަލައިގައި ކުޑަކުއްޖަކާއި ޒުވާނަކު ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން